އަލްފާޟިލާ ޝީލާ ނަޖީބް
މ. އަންގާގައު އުތުރުބައި

        ޝީލާ ނަޖީބް ފިލްމު ކުޅުއްވަން ފެށްޓެވީ، 1998 ގައެވެ. ފިލްމު ކުޅުއްވުމުގެ އިތުރުން، ލަވަޔަށްވެސް އެކްޓް ކުރައްވައެވެ. މިހާތަނަށް 11 ފިލްމާއި 10 ޑްރާމާ ކުޅުއްވާފައިވެއެވެ. ޑްރާމާތަކުގެ ތެރޭގައި، 5 އެޕިސޯޑާއި 52 އެޕިސޯޑާ ދެމެދުގެ ސިލްސިލާ ޑްރާމާ ހިމެނެއެވެ. މިހާތަނަށް ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން، ޢާންމުންގެ އެންމެ ބޮޑު ތަރުޙީބެއް ލިބިފައިވާ ފިލްމުތަކުގެ ތެރޭގައި "ޒުލައިޚާ" "އޭނާ" "ހިތް އެދެނީ" "ދޮންކަމަނަ" ހިމެނެއެވެ. ޑްރާމާތަކުގެ ތެރެއިން "ތިއޭ މިހިތުގެ ވިންދަކީ" މިއީ، ޢާންމުންގެ ވަރަށް ބޮޑު މަޤްބޫލުކަމަކާއި ތަރްޙީބެއް ލިބުނު ޑްރާމާއެކެވެ. އަދި "ފަހު ފިޔަވަޅު" މި ޑްރާމާއަކީވެސް މަޤްބޫލުކަން ހޯދި ޑްރާމާއަކަށް ވެގެންދިޔައެވެ.

        ޝީލާ މިހާރުވެސް 3 ފިލްމެއްގައި މަސައްކަތް ކުރައްވަމުން އެބަގެންދަވައެވެ. އަދި މިހާތަނަށް 150 އަށްވުރެގިނަ ލަވަޔަށް އެކްޓް ކުރައްވާފައިވެއެވެ.