ޕެނޮރާމާ ކޮމްކެއަރ ޕްރައިވެޓް ލިމިޓެޑް

         ޕެނޮރާމާ ކޮމްކެއަރ ޕްރައިވެޓް ލިމިޓެޑަކީ، 1995 ވަނަ އަހަރުން ފެށިގެން، ކޮމްޕިއުޓަރާއި، އެއާގުޅޭ ސާމާނު ވިއްކުމާއި، ސޮފްޓްވެއަރ އުފައްދައި ވިއްކުމުގެ މަސައްކަތް ކުރަމުންގެންދާ ކުންފުންޏެކެވެ. މިގޮތުން، ރާއްޖެއާއި ރާއްޖެއިން ބޭރަށް މާކެޓް ކުރެވޭފަދަ، ފެންވަރު ރަނގަޅު ސޮފްޓްވެއަރ އުފެއްދެވުމުގެގޮތުން، މި އިންޑަސްޓްރީގައި ކުރިއަރާފައިވާ އިންޑިޔާގައި ޕެނޮރާމާ ކޮމްކެއަރގެ އޮޕަރޭޝަން ސެންޓަރެއް ހިންގުމަށް ކަނޑައަޅައި، 1999 ވަނަ އަހަރު ސަބްސިޑިއަރީއެއްގެ ގޮތުގައި "ފިއެސް ސިސްޓަމްސް ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި ރިސަރޗް އެންޑް ޑިވެލޮޕްމެންޓް ކުންފުންޏެއް ޤާއިމުކޮށްފައިވެއެވެ. އަދި "ފިއެސް" ބްރޭންޑުގެ ނަމުގައި އެކުންފުނިން އުފައްދާ ސޮފްޓްވެއަރ 2000 ވަނައަހަރު މާކެޓްކުރަން ފަށާފައިވެއެވެ. މީގެއިތުރުން، ހަތަރު ދާއިރާއަކަށް އަމާޒުކޮށްގެން  އުފައްދައި މާކެޓް ކުރަމުންގެންދާ ސޮފްޓްވެއަރ ޕެކޭޖް 70 އަށްވުރެ ގިނަ ފަރާތްތަކުން ބޭނުންކުރަމުން ގެންދެއެވެ. ކޮމްޕިއުޓަރ ނެޓްވޯކް ފަރުމާކުރުމާއި، ނެޓްވޯކް އަޅައިދިނުމުގެ ޚިދުމަތްތައްވެސް ދެމުން ގެންދެއެވެ. 

          1999 ވަނަ އަހަރުން ފެށިގެން "ޑެލް"ގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރަކީ، މިކުންފުންޏެވެ.

          މިކުންފުނީގެ ހިއްސާދާރުންނަކީ، މ. މުލީ އަލްފާޟިލް އިކްރާމް ޙަސަނާއި، މ. މުލީ އަލްފާޟިލް ޢަބްދުﷲ ޙަމީދާއި، މ. ލަންސިމޫގޭ އަލްފާޟިލް ފާރޫޤު ޙަސަނެވެ.