އަލްފާޟިލް އާދަމް އިބްރާހީމް
މ.އަސްރަފީގެ

           އާދަމް އިބްރާހީމަކީ، އަސްރަފީ ބުކްޝޮޕުގެ ނަމުގައި 1976ން ފެށިގެން، ބުކްޝޮޕެއް ހިންގަވަމުން ގެންދަވާ ބޭފުޅެކެވެ. މިފަދަ ވިޔަފާރިއެއް ރާއްޖޭގައި ފުރަތަމަ ފެށްޓެވީ، އާދަމް އިބްރާހީމެވެ. އަސްރަފީ ބުކްޝޮޕަކީ، ސްކޫލްތަކުގެ ދަރިވަރުން ކިޔެވުމަށް ބޭނުންވާ ހުރިހާ ބާވަތެއްގެ ތަކެއްޗާއި، ޓެކްސްޓް ފޮތް ވިއްކުމުގެ އެންމެ ކުރީ ސަފުގައި ޚިދްމަތް ދެމުން ގެންދާ އެއް ބުކްޝޮޕެވެ. އާދަމް އިބްރާހީމްގެ މި ޚިދްމަތުގެ ވިޔަފާރި ފުޅާކުރައްވައި، އިމްޕޯޓްކުރާ ތަކެތީގެ އަދަދު ވަރަށްބޮޑުތަން އިތުރުކުރައްވާފައިވެއެވެ. މިގޮތުން އަސްރަފީ ބުކްޝޮޕްގެ އިތުރުން ދެފިހާރަވެސް ހުޅުވައި، އެތަންތަނުން ގެންދަވަނީ ޚިދްމަތް ދެއްވަމުންނެވެ. މިތަންތަނުން ވަކިވަކިންނާއި ގަނޑުކޮށް މުދާ ދޫކުރަމުން ގެންދެއެވެ. ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި 38 މިލިއަން ރުފިޔާގެ މުދާ، އަސްރަފީ ބުކްޝޮޕްގެ ނަމުގައި ރާއްޖެއަށް އެތެރެކުރައްވާފައިވެއެވެ.