އަލްފާޟިލް މުޙައްމަދު އަބޫބަކުރު
ސީރީނުގެ/ށ.ފީވައް

            މުޙައްމަދު އަބޫބަކުރަކީ، ދަނޑުވެރިކަން ކުރައްވަމުން ގެންދަވާ، އަދި ގަސްއިންދާ ހައްދާނެ ގޮތުގެ މަޢްލޫމާތު، އެހެން މީހުންނަށް ދެއްވަމުން ގެންދަވާ ބޭފުޅެކެވެ. ދަނޑުވެރިކަމުގައި މުޙައްމަދު އަބޫބަކުރު ހައްދާ ތަކެތީގެ ތެރޭގައި، ފަތްކޭލާއި، އަނބުގަހާއި، މިނޫންވެސް މޭވާއާއި ތަރުކާރީގެ ބާވަތްތަކާއި، މިރުހުގެ ތަފާތު ވައްތަރުތަކާއި، ފެންފޯއް ރުކާއި، ދިވެހި ރުއް ހިމެނެއެވެ. މުޙައްމަދު އަބޫބަކުރު ހައްދާ ތަކެތި، ކާބޯތަކެތީގެ މަޢްރަޟުތަކުގައިވެސް ބައިވެރިކުރައްވަމުން ގެންދަވައެވެ. އެކި ވައްތަރުގެ މުޑުވައްގަސް ބޭނުންވާ ފަރާތްތަކަށް ހިލޭ މުޑުވައްގަސްވެސް މުޙައްމަދު އަބޫބަކުރު ދޫކުރައްވަމުން ގެންދަވައެވެ.  މުޙައްމަދު އަބޫބަކުރު، ދަނޑުވެރިކަން ކުރައްވާ ދިހަހާސް ޔާޑުގެ ތިން ދަނޑު އޮވެއެވެ. މި ދަނޑުތަކަށާއި، އެހެންމީހުންގެ ދަނޑުތަކަށް ވަދެނިކުތުމަށާއި، ތަކެތި ގެނެސް ގެންދިޔުމަށް މަގުތައްވެސް މުޙައްމަދު އަބޫބަކުރު ހައްދަވާފައިވެއެވެ. މިމަސައްކަތްތަކުގައި ޙަރަކާތްތެރިވަމުން ގެންދަނީ، ޢާއިލާގެ މީހުންނާއި މުވައްޒަފުންގެ ގޮތުގައި ގެންގުޅުއްވާ މީހުންނެވެ.

       މުޙައްމަދު އަބޫބަކުރު ދަނޑުވެރިކަން ކުރައްވާތާ ގާތްގަނޑަކަށް 25 އަހަރު ވެފައިވާއިރު، މި މަސައްކަތުން، މުޙައްމަދު އަބޫބަކުރަށް އެކަށީގެންވާ ރަނގަޅު އާމްދަނީއެއް ލިބިވަޑައިގަންނަވައެވެ.