އަލްފާޟިލް މުޙައްމަދު އަކްރަމް
އޯޝަންވިލާ އދ. ދަނގެތި

 މުޙައްމަދު އަކްރަމް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ސީނިއަރ ސޮފްޓްވެއަރ ޑިވެލޮޕަރގެ މަގާމުގައި ހުންނަވައިގެން އުފައްދަވައި، ފަރުމާ ކުރައްވައިފައިވާ ޕްލެޓްފޯމްތަކުގެ ސަބަބުން ކުންފުނީގެ މަސައްކަތްތައް ހަލުވިކަމާއެކު ނިންމުމަށް މަގުފަހިވެފައި ވެއެވެ. މިގޮތުން، މާލެއާއި ރާއްޖޭގެ އެކިކަންކޮޅުތަކަށް ފޮނުވޭ މެއިލް އައިޓަމްތައް މެނޭޖްކުރުމާއި، ޑެލިވަރީ ޕަރފޯމަންސް މޮނިޓަރކުރުން ހިމެނެއެވެ. މިކަންކަމުގެ ސަބަބުން ކުންފުނިން ރައްޔިތުންނަށް ދޭ ޚިދުމަތްތައް އަވަސްވެ، ކަސްޓަމަރުންނާއި ދުނިޔޭގެ އެކި ޕޯސްޓަލް އޮޕަރޭޓަރުންގެ އިތުބާރު ކުންފުންޏާ ދޭތެރޭ އުފެދިގެން ގޮސްފައި ވެއެވެ. މީގެ އިތުރުން، ކުންފުނިން ބޭނުންވާ ތަފާސްހިސާބުތަކާއި، އެކިއެކި މަޢުލޫމާތާއި ރިޕޯޓުތައް ވަގުތުން ތައްޔާރު ކުރުމަށް މަގުފަހިވެގެން ގޮސްފައިވެސްވެއެވެ.