އަލްޙާފިޡާ ޢާއިޝަތު ޝުބާ ޝާހް
ތިމާވެހި ގދ. ތިނަދޫ

ކީރިތި ޤުރްއާން ހިތުދަސްކުރަން ފެށީ ޢުމުރުން 9 އަހަރުގައެވެ. ކީރިތި ޤުރްއާން ހިތު ދަސްކުރުމަށް ޝައުޤުވެރިވީ، ޝުބާގެ ދައްތަ ޤުރްއާން ކިޔަވާ އަޑު ގޭތެރެއިން އިވިއިވި ހުންނާތީއާއި، ޝުބާވެސް ޤުރްއާން ހިތުދަސްކުރުމަށް މައިންބަފައިން ބާރުއެޅުއްވުމުގެ ސަބަބުންނެވެ. ޤުރްއާން ހިތުދަސްކުރުމަށްޓަކައި ފުރަތަމަ ބައިވެރިވީ، ގދ. ތިނަދޫ ކައުންސިލްގެ ފަރާތުން އެރަށު މިސްކިތްތަކުގައި ހިންގަމުން ގެންދިޔަ ޤުރްއާން ހިތުދަސްކުރާ ކްލާހުގައެވެ. އެ ކްލާހުގައި
10 ފޮތް ހިތުދަސްކުރުމަށްފަހު، މާލެއަށް ބަދަލުވެ، ކީރިތި ޤުރްއާނާބެހޭ މަރުކަޒުން މާލޭގެ މިސްކިތްތަކުގައި ހިންގަމުން ގެންދިޔަ ޙިފްޡު ކްލާހުގައި ބައިވެރިވެގެން ކިޔަވަމުން ގޮސް، ކީރިތި ޤުރްއާން ދަސްކޮށް ނިމުނީ 2019 ވަނަ އަހަރުއެވެ. އޭރު ޝުބާގެ ޢުމުރަކީ 14 އަހަރެވެ.