އަލްފާޟިލް މަޢުރޫފު އަޙްމަދު
މއ.ހައިވަކަރުގެ

               މަޢުރޫފު އަޙްމަދު ފުޓްބޯޅަ ކުޅުއްވަން ފެށްޓެވީ، މަދަރުސީ ދައުރުގައެވެ. މަދަރުސީ ދައުރު ނިންމެވުމަށްފަހު 1981 ގައި، ވިކްޓްރީ ސްޕޯޓްސް ކްލަބަަށް ފުޓްބޯޅަ ކުޅުއްވަން ފެށްޓެވިއެވެ. ޤައުމީ ފުޓްބޯޅަ މުބާރާތުގެ އެންމެމޮޅު ގޯލްކީޕަރުކަން 4 ފަހަރު މަޢުރޫފު ހޯއްދަަވައިފައި ވެއެވެ. ގޯލްކީޕަރަކަށް ހުންނަވައިގެން ޤައުމީ މުބާރާތުގެ ތަށި،  ވިދިވިދިގެން 4 އަހަރު، ޖުމްލަ 8 ފަހަަރު ވިކްޓްރީ ސްޕޯޓްސް ކްލަބް ވަނީ ހޯދައިފައެވެ. މީގެ އިތުރުން 1989 ގައި ބޭއްވުނު ޕޮމިސްކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުކަމާއި، އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހާސިލުކުރައްވައިފައި ވެއެވެ. ދިވެހި ޤައުމީ ޓީމުގެ ގޯލްކީޕަރުކަން 5 އަހަރު، މަޢުރޫފު ކުރައްވައިފައި ވެއެވެ. 

               ކޯޗެއްގެ ގޮތުން މަޢުރޫފު ފުރަތަމަ އިރުޝާދު ދެއްވީ 1985 ގައި، މާލޭ އިންގްލިޝް ސްކޫލުގެ ފުޓްބޯޅަ ޓީމަށެވެ. މިރޮނގުން މަޢުރޫފުގެ ފުރަތަމަ ކާމިޔާބީއަކީ، "ކަޕް ވިނަރސް ކަޕް" ގެ ޗެމްޕިއަންކަން ކްލަބް ވެލެންސިއާއަށް ހޯއްދަވައިދެއްވުމެވެ. އޭގެފަހުން 1998 ވަނަ އަހަރުގެ ލީގް ޗެމްޕިއަންކަމާއި، 2000 ވަނަ އަހަރުގެ އެފް.އޭ. ކަޕާއި، ދިވެހި ލީގް ޗެމްޕިއަންކަމާއި، ދިވެހި ފުޓްބޯޅައިގެ ރިހި ޔޫބީލް އަހަރުގެ ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ވިކްޓްރީ ސްޕޯޓްސް ކްލަބް ހޯދައިފައިވަނީ، މަޢުރޫފުގެ ކޯޗްކަމުގައެެވެ. އަދި މިއަހަރުގެ ކަޕްވިނަރސް ކަޕާއި، މާލޭ ލީގާއި، ޤައުމީ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވިކްޓްރީ ހޯދައިފައިވަނީވެސް، މަޢުރޫފުގެ އިރުޝާދުގެ ދަށުންނެވެ. ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗްކަމުގެ މަގާމު 1997 ގައި މަޢުރޫފު ފުރުއްވިއެވެ.

               މަޢުރޫފް އަޙްމަދަށް މިހާރުވަނީ، އޭ.އެފް.ސީ. "ބީ" ލަައިސަންސް އަދި ގޯލްކީޕަރ ކޯޗިންގ ސެޓުފިކެޓު 1999 ގައި ލިބިވަޑައިގެންފައެވެ.