އަލްފާޟިލް ޢަލީ ނަޖީބު
މ.ނެދުންގެ

އާދެ، ދިވެހިރާއްޖޭގައި ފޮޓޯ ނެގުމޭ ދެންނެވީމާ ދެން އެންމެ ކުރިން ހަނދުމަފުޅުވާނީ، ހަމަ އެންމެ ނަންފުޅެކެވެ. އެއީ އަލްފާޟިލް ޢަލީ ނަޖީބެވެ.

          އާދެ، އަޅުގަނޑުމެންނަށް ފޮޓޯ ދަސްވަނީ، ނަޖީބު ސްޓޫޑިއޯގެ ނަމާއެކުގައެވެ. ނަޖީބު ސްޓޫޑިއޯ އެކަމަކު އަދި އައީ، ނަޖީބު ފޮޓޯ ނަންގަވަން ފެށްޓެވުމުގެ އެތައް ޒަމާނެއްގެ ފަހުންނެވެ. އާދެ، އަލްފާޟިލް ޢަލީ ނަޖީބު ފޮޓޯގެ މަސައްކަތްކުރައްވަނީ، އޭނާގެ އުމުރުފުޅުން ސާދަ އަހަރުން ފެށިގެންނެވެ. އޭނާ ވަރަށް ގިނަ ބަޔަކަށް ހިލޭވެސް ފޮޓޯ ނަގައިދެއްވަމުން ގެންދަވައެވެ. އެއާއެކު، ސަރުކާރުގެ ތާރީޚީ ވަރަށްގިނަ ކަންތައްތަކުގެ ފޮޓޯތައް އޭނާ ނަންގަވައި އޭނާގެ އަމިއްލަ އުފާފުޅެއްކަމުގައި އެފޮޓޯތައް ރައްކާކުރައްވައި ހައްދަވަމުން ގެންދަވާކަމަށްވެސް ވެއެވެ. އަދި އޭނާގެ ދަރިވަރުންވެސް ފޮޓޯގްރާފަރުންގެ ތެރޭގައި މިހާރު ވަރަށް ގިނައެވެ.