އަންނަބީލް ޖަޢުފަރު ކަމާލުއްދީން
މއ.އެވަރލާސްޓް

          ޅެންވެރިކަމަކީ، ޖާދޫއެއްފަދަ ކަމެކެވެ. އަނެކާގެ ހަރުހިލަ ހިތް މަޑުކޮށްލާފަދަ ކެމިކަލެކެވެ. ލޯބިވެރިންގެ ލޯތައް ކަރުނައިން ފުރާލަދޭ ކަންވާރެކެވެ. ޙަސަދަވެރިން އެކުވެރިވެ އެކަތިގަނޑަކަށް ހަދާލަދޭ ބާރުގަދަ ހަތިޔާރެއްވެސް މެއެވެ. ނަމަވެސް އެއީ، މޮޅު ޝާޢިރެއްނަމައެވެ. ޅެން ބަހުރުވައިން ބުނަން ބޭނުން ވާހަކަ، އަސަރާއެކު ހާމަކޮށްލަދޭން އެނގޭނަމައެވެ.

          ޝައްކެއްވެސް ނެތެވެ. އަންނަބީލް ޖަޢުފަރު ކަމާލުއްދީނަކީ، މިދެންނެވިފަދަ މޮޅު ޅެންވެރިއެކެވެ. ކުޅަދާނަ ޝާޢިރެކެވެ. އޭނާ ވިދާޅުވާ ގޮތުގައި އެންމެ ރީތިކޮށް ހެއްދެވިފައިވަނީވެސް، ޢިޝްޤީ ޅެންތަކެވެ.

 

"އަހާށޭ! ހިތުގެ އަފްސާނާ މަގޭ މިލިބޭ ހިތާމައިގައި،

           ބަހާރުގެ ރިވެތި މާތައް ހިކި މިދާ ދިއުމުގެ ހިތާމައިގައި

ނަޞީބެއްނެތް މިނަފްސުން ވެރިވި ހިތި ޙާލަތު ވިސްނާއިރު،

           ނަޞީބޭ ދިރިމިހެން ހުރިކަން އަތުން ގޯހެއް ނުހެދި އަދުގައި

ނުކުރިނަމަ ލޯބި ހަމްދަރުދީ މަގޭ މިޟަޢީފުވެތި ޖިސްމަށް،

           އުކުރި ހިތް ހަށިގަނޑުން ކުނޑިކުނޑި ވެދާނެޔެ ހަމަ މި ލޯބީގައި"