އަލްފާޟިލް މުޙައްމަދު ޢުމަރު މަނިކު
މ.ކަނޑޫގަސްދޮށުގެ

           ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޓޫރިޒަމްގެ މަސައްކަތް ފެށްޓެވި ބޭފުޅުންގެ ތެރޭގައި އަލްފާޟިލް މުޙައްމަދު ޢުމަރު މަނިކު ހިމެނިވަޑައިގަންނަވައެވެ. އަދި މިހާރުވެސް އޭނާއަކީ، ރާއްޖޭގައި އެންމެގިނަ ޓޫރިސްޓް ރިސޯޓްތައް ހިންގަވަމުންގެންދަވާ ބޭފުޅެކެވެ. ޓޫރިޒަމްގެ މަސައްކަތްތައް ކުރައްވާއިރު ރާއްޖެއަށް ފައިދާހުރިގޮތަށް އެމަސައްކަތް ތަރައްޤީކުރެއްވުމަށް މަސައްކަތް ކުރައްވައި، ބޭރުމީހުން ގެންނަވައިގެން ރާއްޖޭގެ މީހުންނަށް ޓޫރިޒަމްގެ އެކިއެކި ކަންކަމުގައި ތަމްރީނު ދެއްވައި، ރާއްޖޭގެ ރިސޯޓްތަކުގެ ފެންވަރު މަތިކުރެއްވުމަށް މަސައްކަތް ކުރައްވައެވެ. މިގޮތުން ކުރެއްވި ކަންތައްތަކުގެ ތެރޭގައި، ލޮނުފެނުން ބޯފެން ލިބޭނޭގޮތް ހެއްދެވުމާއި، ޔޫރަޕުން ސީދާ މަތިންދާ ބޯޓްތައް (ޗާޓަރ ފްލައިޓް) މާލެ ގެންނެވުމުގެ ޚިދުމަތް ފެށްޓެވުން ހިމެނެއެވެ.

           ޓޫރިޒަމްގެ ދާއިރާ ފުޅާކުރައްވަމުން ގެންދަވައި އޭނާ ހިންގަވާ ކުރުނބާ ވިލެޖް މިހާރުވަނީ، ފައިވްސްޓާރ ހޮޓަލަކަށް ބަދަލުކުރައްވާފައެވެ.