އަލްފާޟިލް އަޙްމަދު ނަޖާޙު
ގ.ފިތުރޯނުވިލާ

           ރާއްޖޭގައި ތިއްބެވި މޮޅު ކުރެހުންތެރިންގެ ތެރޭގައި އަލްފާޟިލް އަޙްމަދު ނަޖާޙުވެސް ގުނާލެވެއެވެ. އޭނާ ކުރެހުމުގެ މަސައްކަތުގައި ކުރިއަށް ވަޑައިގަތީ، މަދަރުސީ ދައުރުއްސުރެފެށިގެން ކުރައްވަމުން ގެންދެވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ. ރާއްޖޭގެ ސްޓޭމްޕް ކުރެއްސެވުމުގައިވެސް އޭނާ ވަރަށް ބޮޑު ބައެއް ކުޅުއްވާފައިވެއެވެ. އޭގެ އިތުރުން އެހެންމީހުންގެ ކުރެހުންތަކާމެދު ވިސްނަވައި ޚިޔާލު ކުރައްވަމުން ގެންދަވާފައިވެއެވެ. ރާއްޖޭން ބޭރުގެ ފަރާތްތަކުންވެސް އޭނާގެ ކުރެހުންތަކަށް ތަޢުރީފުކޮށްފައިވެއެވެ.