އަލްފާޟިލް ޢަބްދުﷲ ޢަލީ
ތަންހަޅިގެ / ޅ.ނައިފަރު

           ރާއްޖެތެރޭގެ މަދަރުސާއެއް ކަމަށްވާ މަދްރަސަތުލް އިފްތިތާޙަށް ޚިދުމަތްކުރެއްވުމުގައި ވަރަށް ދިގު މުއްދަތެއް އޭނާ ހޭދަކުރައްވާފައިވެއެވެ. މިމަދަރުސާ ހިމެނިފައިވަނީ މިހާރު ރާއްޖެތެރޭގައި ހުރި އެންމެ ގިނަ ދުވަސްވީ މަދަރުސާވެސް ކަމުގައެވެ. އެތައްގިނަ ދަތިތަކެއް ދިމާވެގެން މަދަރުސާ ކުރިއަށްދެވޭނެ އެއްވެސް ގޮތެއް ނެތިގެންދިޔަ ދުވަސްތަކުގައިވެސް، ޢަބްދުﷲ ޢަލީގެ އެކަނި ހިތްވަރުން މަދަރުސާ ބަންދުވިޔަ ނުދެއްވައި މަސައްކަތްކުރައްވައިގެން ކުރިޔަށް ގެންދަވާފައިވެއެވެ. އޭނާ މަދަރުސާގެ ކަންތައް ކުރެއްވި ބައެއް ދުވަސްވަރު އާމްދަނީގެ ގޮތުގައި ހަމަ އެއްވެސް އެއްޗެއް ލިބިއެއްވެސް ނުލައްވައެވެ.