އަލްފާޟިލް ޢަލީ އަޙްމަދު
ހ. މާދޫގެ

ޢަލީ އަޙްމަދަކީ ދިވެހިބަހުގެ ވަރަށް މަޝްހޫރު ލިޔުންތެރިއެކެވެ. ދިވެހިބަހުން ފޮތް ލިޔުއްވުމުގެ އިތުރަށް، ނޫސް މަޖައްލާތަކަށްވެސް ވަރަށްގިނައިން ލިޔުއްވާފައިވާ ބޭފުޅެކެވެ. ޢަލީ އަޙްމަދު ލިޔުއްވާފައިވާ ފޮތްތަކުގެ ތެރެއިން، ދިވެހިބަހުގެ ގަވާއިދާބެހޭ ފޮތްތައް ޚާއްޞަގޮތެއްގައި ފާހަގަކުރަންޖެހެއެވެ. އަދި ކުށެއްނެތް ދިވެހިބަހުން ވާހަކަދެއްކުމަށާއި ލިޔަން، ދަރިވަރުންނަށް ދަސްކޮށްދެއްވުމަށް ޚާއްޞަ ސަމާލުކަމެއް އަބަދުވެސް ދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ޢަލީ އަޙްމަދަކީ ކުޅަދާނަ ވާހަކަދެއްކުންތެރިއެއްވެސްމެއެވެ.