އަލްފާޟިލް މުޙަންމަދު ޝަރީފް
މ.ސަނީކޯސްޓް

 މުޙަންމަދު ޝަރީފަކީ، ރާއްޖެއިން ބޭރުގައި ދަތުރުކުރާ ބޯޓުފަހަރުގެ ވަޒީފާތަކަށް ދިވެހިން ފޮނުވުމުގެ މަސައްކަތް ކުރައްވާ ބޭކަލެކެވެ. މި މަސައްކަތް މީނާ ފުރަތަމަ ފެށްޓެވީ 28 ސެޕްޓެމްބަރ 1986 ގައި ސެންކޯ މެރިޓައިމްގެ ނަމުގައި އުފެއްދެވި އޭޖެންސީއަކުންނެވެ. މިހާރު މީނާ މީހުން ފޮނުއްވާ އޭޖެންސީގެ ނަމަކީ، ސެންކޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ. މީނާގެ އޭޖެންސީއިން ފުރަތަމަ ފޮނުއްވީ 12 މީހުންނެވެ. މިހާތަނަށް މިއޭޖެންސީއިން، ބޭރުގެ ބޯޓްފަހަރުގެ ވަޒީފާތަކަށް 2167 މީހުން ފޮނުއްވާފައިވެއެވެ. މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް، މީނާގެ އޭޖެންޓް ކަމުގެ ދަށުން ދަތުރުކުރަންގޮސް ބޯޓުފަހަރުގެ ވަޒީފާގައި 658 މީހުން އެބަތިއްބެވެ. މިގޮތުން، ހުރިހާ އޭޖެންސީތަކަށް ބަލާއިރުވެސް މިއީ، އެންމެ ގިނައިން ބޭރުގެ ބޯޓުފަހަރުގެ ވަޒީފާތަކަށް މީހުން ފޮނުއްވާ އޭޖެންސީއެވެ. ވޭތުވެދިޔަ ހައެއްކަ އަހަރުގެ ތެރޭގައި މީނާގެ އޭޖެންޓުކަމުގެ ދަށުން ބޭރުގެ ބޯޓުފަހަރުގެ ވަޒީފާތަކަށް ފޮނުއްވި މީހުންގެ މުސާރައަށް 11,909,832 ޔޫ.އެސް.ޑޮލަރ ހޯއްދަވާފައިވާ ކަމަށްެވެއެވެ.