بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

 

President Nasheed:

During this Press Conference, I will ask or I will pose for questions from you. You may ask your questions in either language.

 

އަޙްމަދު ނާއިފް – ސަން އޮންލައިން:

 

އާދެ! އަޅުގަނޑުމެންނަށް މަނިކުފާނުގެ ވާހަކަފުޅުގައިވެސް ސަމިޓް ނިންމަމުން ވިދާޅުވި އަޑު އިވުނު. މި ރިނިއުބަލް އެނަރޖީއަށް ވަކި ޕަސެންޓޭޖެއް އިންވެސްޓް ކުރައްވަން ޤައުމުތަކުން އެއްބަސްވެވަޑައިގެންނެވި ކަމަށް. ދެން މަނިކުފާނުގެ ވިސްނުންފުޅުގައި ރާއްޖެއިން ކިހާވަރެއް އިންވެސްޓް ކުރެއްވިދާނެ ކަމަށްތޯ ތިޔަ ވިސްނަވަނީ؟

އަޅުގަނޑު އަދި އެހެން ސުވާލެއްވެސް އެބައުޅޭ. މަނިކުފާނަށް އުނދަގޫފުޅު ނޫނިއްޔާ، އަޅުގަނޑު އެސުވާލުވެސް ހިތަށް އެބަރާ ބުނެލާނަމޭ.

އަޅުގަނޑުގެ ދެވަނަ ސުވާލަކީ އިތުރު ޤައުމަކުން ސާކްގެ ފުލް މެންބަރޝިޕް ބޭނުންވެގެން ޝައުޤުވެރިކަން ފާޅުކޮށްފައި އެބައޮތްތޯ؟ މަނިކުފާނާ އެފަދަ އެއްވެސް ޑިސްކަޝަންއެއް އެއްވެސް ޤައުމަކުން ކޮށްފައިވޭތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އާދެ! ޝުކުރިއްޔާ! ރިނިއުބަލް އެނަރޖީއާ ގުޅޭގޮތުން އަޅުގަނޑުމެން އުންމީދުކުރީ، ޤައުމުތަކުގެ، ދައުލަތުގެ އާމްދަނީން ކޮންމެވެސް މިންވަރެއް މިކަމަށް ޚަރަދު ކުރުމަށް، އަބަދުވެސް ބަޖެޓް ކުރުމަށްޓަކައި. މެންބަރުން ދެކެވަޑައިގެންނެވި ގޮތަކީ، އެ ޢަދަދު ޖައްސަވަން، އެބޭފުޅުންނަށް ފެނިވަޑައިގަތީ، އެއީ ކޮން ޢަދަދެއްތޯ ނިންމަވަން ފެނިވަޑައިގަތީ އަދި އިތުރަށް ކަމާބެހޭ އެއީ، މިނިސްޓްރީ އޮފް ފިނޭންސާއި އަދި ޤައުމުތަކުގެ އެނަރޖީ ޑިޕާޓްމަންޓްތަކާއެކުގައި، އެބޭފުޅުން މަޝްވަރާ ކުރުމަށްފަހުގައި. އަދި އެބޭފުޅުންގެ އެހެންވެސް ޤައުމީ އިދާރާތައް މެދުވެރިކޮށްގެން ނޫނިއްޔާ، ސީދާ ޢަދަދަކަށް ވަޑައިނުގެންނެވޭނެކަމަށް. އެހެންނަމަވެސް، އެޕްރޮޕްރިއޭޓް ޕަސެންޓޭޖެއް ހިމެނުމަށް އެބޭފުޅުން މިވަނީ މިހާރު ނިންމަވާފައި. އަޅުގަނޑުމެން މި ދެކެނީ، މިސާލަކަށް، ދައުލަތުގެ އާމްދަނީ، ސާކް ޤައުމުތަކުގެ ދައުލަތުގެ އާމްދަނީގެ އެއް ޕަސެންޓްވެސް ހިމަނައިފިނަމަ، އޭގެ މާނައަކީ، ސާކްގެ ސަރަޙައްދު ވެގެންދާނޭ، މިބާވަތުގެ އެނަރޖީގެ ހަކަތައިގެ އެންމެބޮޑު، އެންމެގިނަ، އެންމެބޮޑު ޢަދަދަކަށް އިންވެސްޓްކުރާ ސަރަޙައްދަކަށް. އެހެންވީމާ، އެއީ ވަރަށްބޮޑު މާކެޓެއް އުފެދިގެންދާނެ ކަމެއް.

ދެން ސާކްގެ އިތުރު ޤައުމެއް، ސާކްގެ މެންބަރަކަށް ހިމަނާކަށެއް މިފަހަރަކު މަޝްވަރާއެއް ނުކުރެވޭ. މަޝްވަރާ ކުރެވުނީ، ވެރިންގެ މެދުގައި އޮބްޒަރވަރުންގެ ގޮތުގައި ޤައުމުތައް އަންނައިރުގައި، އެޤައުމުތަކާ ގުޅޭގޮތުން ހުންނަންޖެހޭ އުޞޫލުތަކެއް އެކުލަވައިލުމަށާއި އަދި އޮބްޒަރވަރުން ގެނައުމަށް ގެންގުޅޭނެ އުޞޫލުތަކަކީ ކޮބައިތޯ ކަނޑައެޅުމަށް. އަނެއްކާވެސް މިނިސްޓަރުންނާއެކުގައި އެމަޝްވަރާތައް ކުރުމަށްފަހު، މިނިސްޓަރުން އޭގެ އުޞޫލުތަކެއް މިއަންނަ ސަމިޓަށް ގެނެސްދެއްވުމަށް. އޮބްޒަރވަރުންގެ ގޮތުގައި ވުމަށް، ހިމެނުމަށް މިހާރު ހުށަހަޅާފައިވާ އެއްޤައުމަކީ ތުރުކީ.


އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

އަޅުގަނޑުގެ ދެ ޕޮއިންޓެއް އެބައޮތް. އެކައްޗަކީ ރާއްޖެ މިވަނީ 17 ވަނަ ސާކް ސަމިޓަކީ ބަދަލަކަށް، ސާކް ސަރަޙައްދު ބަދަލަކަށް ވަރަށް ބޮޑަށް ހުޅުވާލުމަށް ބޭނުންވެގެން ރާއްޖެއިން ވަރަށް ބޮޑަށް ވާހަކަ ދައްކާފައި، އެ ސަމިޓް ނިމިގެން މިދިޔައީ. ދެން އަޅުގަނޑުމެންނަށް ނިމުނު ބައެއް ކަންތަކަށް ބަލާއިރުގައި، އެންމެ މުހިންމު އެއްކަމަކަށް ސެންސިޓިވް ލިސްޓް އިންޑިޔާއިން އެކަނިކަހަލަ ގޮތަކަށް މިއޮތީ މިއަށް ޢަމަލުކުރުމަށް އެއްބަސްވެފައި. ދެންހުރި ޤައުމުތަކުން މިއަކަށް އަދި ވާހަކައެއް ދައްކާފައެއް ނެތް، ރައީސް ފާހަގަކުރެއްވި ގޮތަށް. ސަޕްޓާވެސް ހަމަ ކުރީގައި ދެއްކި ގޮތަކަށް ހަމަ ޓެރިފް ޓްރޭޑްގައި ވާހަކަ ދެއްކިގެން މިދިޔައީ މާބޮޑު ކަންތައްތަކެއް ސަޕްޓާގެ ތެރެއަކު ނެތް. ރައީސް އެންމެ ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ގޮތަށްތޯ، ސަމިޓްގެ ޑިކްލަރޭޝަން އަދި އެގްރީމަންޓްތައް ކުރެވިގެން މިދިޔައީ. ރާއްޖެއިން އެންމެ އުންމީދުކުރި ބަދަލު ގެނެވޭނެ ކަމުގެ ޔަޤީންކަން އެބައޮތްތޯ؟

ދެވަނަ ޕޮއިންޓަކީ އަޅުގަނޑުމެންނަށް ސަމިޓް ނިމުނު އެންމެ މުހިންމު ރަސްމިއްޔާތުގައި، އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރުޒާއީ ފެނިފައެއް ނެތް. ކިހިނެއްތޯ އެމަނިކުފާނު ވަޑައިގަތީ ކުއްލި ކަމެއް ދިމާވެގެންތޯ؟ ނޫނީ އެހެން އެއްވެސް ކަމެއް ވެގެންތޯ އެމަނިކުފާނު އެނބުރި ވަޑައިގަތީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޝުކުރިއްޔާ! އަޅުގަނޑުމެން އުންމީދުކުރި، އަޅުގަނޑު ދެންނެވިން ތިންކަމެއް އަޅުގަނޑުމެންނަށް މިސަމިޓުން ކާމިޔާބު ކުރެވޭތޯ. އޭގެތެރޭގައި، ވަރަށް ބޮޑަށް އަޅުގަނޑުމެން ފާހަގަކުރިން، މި ރެއިލްވޭޒް އެގްރީމަންޓް، ދަތުރުފަތުރުކުރުމުގެ ކަންތައް ރަނގަޅު ކުރުމަށް، ރޭލްވޭޒް އެގްރީމަންޓްގައި އަޅުގަނޑުމެންނަށް ސޮއިކުރެވޭނެ ގޮތެއް ހޯދުމަށް. އަޅުގަނޑު މި ދެކެނީ، މިހާރު ވެރިންނަށް ޑިކްލަރޭޝަންގައި މިހާރު ހިމެނިފައި މިއޮތް ގޮތަކީ، 6 މަސް ދުވަހުގެ ތެރޭގައި، އެކަން ކައުންސިލް އޮފް މިނިސްޓަރުން ނިންމެވުމަށް. އެހެންވީމާ، އަޅުގަނޑު ދެކެނީ އެއީ ނިމިފައި އޮތް ކަމެއް ކަމަށް. އަދި ވަރަށްބޮޑު ވަރަށްބޮޑު ކާމިޔާބީއެއް ކަމަށް. ޤައުމުތަކުގެ މެދުގައި މިދެންނެވިހެން ފަސޭހަކަމާ އެކީގައި ދަތުރުކުރެވޭގޮތްވުމުން، ވިޔަފާރިއަށް ވަރަށްބޮޑު ފަހިކަމެއް އަންނާނެ. ހަމައެއާއެކުގައި، އޭގެއިތުރުން މިހާރު މިވަނީ ޑިސެމްބަރު މަހުގައި ކޮއްޗޭއާއި ކުޅުދުއްފުށްޓާއި ކޮޅުނބާ ގުޅާލެވޭ ފެރީގެ ނިޒާމް ފެށުމަށް ހިންގަންޖެހޭ ހުރިހާ ކަމެއް މިހާރު މިހިރީ ހިނގިފައި، ނިންމިފައި. އޭގެ ފީޒިބިލިޓީއާއި މިކަންކަން މިވަނީ ނިމިފައި. މިހާރު ސެކްރެޓަރީ ޖެނެރަލާ ޑައިރެކްޓް ކުރެވިފައި މިވަނީ މިމަސައްކަތް، ޑިސެމްބަރުގައި މި ޕްރޮގްރާމް ހަމަ ސީދާ ޢަމަލީގޮތުން ފެށްޓުމަށް. ދެން އަޅުގަނޑު ދެކެނީ އެއީވެސް ލިބުނު ވަރަށް ރަނގަޅު ކުރިއެރުމެއް ކަމަށް. އަދި ހަމަ އޭގެއިތުރުން، މޯޓަރ ވެހިކަލްސް އެގްރީމަންޓްވެސް 6 މަސްދުވަހުގެ ތެރޭގައި ނިންމުމަށް މިވަނީ އެއްބަސްވެވިފައި. އެހެންވީމާ، އަޅުގަނޑު މިދެކެނީ، އެއީވެސް އަޅުގަނޑުމެންނަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށް.

އަފްޣާނިސްތާނުގެ ރައީސް ފުރާވަޑައިގެންނެވީ، ވަރަށް ކުރިއްސުރެ ފަށައިގެން، މިކޮޅަށް ވަޑައިގެންނެވިއިރުވެސް އެބޭފުޅާ ވިދާޅުވެފައި އޮތް، އެބޭފުޅާއަށް އެއްގަޑިބައިގައި ފުރުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށް. އަދި އަޅުގަނޑުމެން ކުރީގެ ނިންމާފައި އޮތް ނިންމުމަށްވުރެ ސަމިޓް ބަންދުކޮށް ނިންމައި، ކްލޯސިންގ ސެޝަން ލަސްވެގެން ދިޔުމާ އެކީގައި، ދެން އަޅުގަނޑު ހިތުން އެއީ އެބޭފުޅުންނަށް ދެން ކޮންމެހެނެއް އަޅުގަނޑުމެންނަށް ހުއްޓަން ބުއްދިވެރި ކަމަކަށްނުވާތީވެ، އަޅުގަނޑު އެދުނީ، އެބޭފުޅުންނަށް ވަޑައިގެންނެވިޔަސް އެންމެ ރަނގަޅު ކަމަށް. އަދި ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރުވެސް ވަޑައިގަންނަވަން އޮތީތީވެ ވަޑައިގެންނެވީ.


ޒިހުނަތު ޙަސަން – އެމް.އެން.ބީ.ސީ. ވަން:

ސާކް މިހާރު އިކޮނޮމިކް ޔޫނިއަންއަކަށްދާ ވާހަކަ މި ދައްކަމުން މިދަނީ. އަދި މިފަހަރުގެ ސާކް ސަމިޓްގެ ތަޤްރީރުގައިވެސް ހަމަ ގިނަ ބޭފުޅުން މި ފާހަގަކުރައްވާފައިވަނީ އިޤްތިޞާދީ ކުރިއެރުން ނުވަތަ އިޤްތިޞާދީ ގުޅުން، ދޭދޭ ޤައުމުތެރޭގައި ވަރުގަދަ ކުރަމުންދާ ވާހަކަ. އެހެން ކަމަށްވާނަމަ، ނޮވެމްބަރ އެކަކަށް ސެންސިޓިވް ލިސްޓް 20 ޕަސެންޓަށް ތިރިކުރަން ފާހަގަކޮށްފައިވާއިރު، ގިނަ ޤައުމުތަކުން އެކަމާމެދު ޢަމަލީ ސިފައެއް ގެނެސްފައެއްނުވޭ. އެހެންނަމަވެސް، މި ސަމިޓްތެރޭގައި އަޅުގަނޑުމެންނަށް އަޑުއިވިގެންދިޔަ، ސުން ޕަސެންޓަށް ތިރިކުރާ ވާހަކަ. ދެން މި ދިވެހިރާއްޖެއަށް މި ޗެއަރވެސް މި ލިބިގެން މިދިޔައީ. ދިވެހިރާއްޖޭގެ ދައުރުގައި ކިހާވަރަށް މިކަމަށް އިސްކަމެއް ދެއްވާނަންތޯ؟

އަދި އިޤްތިޞާދީ ވާހަކަ ދައްކަމުންދާއިރު، ސަރަޙައްދީ އިންތަކާއި ދެން މިފަދަ އެހެން ކަންތައްތައް، ދޭދޭ ޤައުމުތަކުގެ ތެރެއިން ކިހާވަރަކަށްތޯ މިކަން، ހުރަސްތައް ނައްތާލަން ކިހިނެއްތޯ ދިވެހިރާއްޖެއިން ކަންތައްތައް ކުރާނީ؟

ދެން ތިންވަނަ ސުވާލަކަށް އޮބްޒަރވަރ ސްޓޭޓަސްގެ ބައެއް ޤައުމުގެ ތެރެއިން އީ.ޔޫ ފާހަގަކުރައްވާފައި އެބަވޭ، ދޭ އެހީ އެންމެ އެދެވޭ ގޮތެއްގައި ބޭނުން ނުކުރެވޭ ވާހަކަ. ދެން މުސްތަޤްބަލުގައި ކިހިނެއްތޯ، މި އޮބްޒަރވަރުންގެ އެހީތައް އެދެވޭ ގޮތުގައި ބޭނުންކުރުމަށް މެންބަރު ޤައުމުތަކުން މަސައްކަތް ކުރާނީ؟ ނުވަތަ ރާއްޖެއިން އަދި މި ރިޔާސަތު އޮތްފަހަރު، މިފަދަ ކަންތައްތަކަށް ކިހާވަރަކަށް ބާރުއަޅުއްވާނަންތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އެނގިވަޑައިގަންނަވާނެ، ސެންސިޓިވް ލިސްޓާ ގުޅިގެން، ދިވެހި ސަރުކާރުން ވަރަށްގިނަ އިމްޕޯޓް ކުރެވޭ ތަކެތީގެ ޑިއުޓީ ކަނޑާލުމުގެ ބިލް މިހާރު މިވަނީ ރައްޔިތުންގެ މަޖިލީހުގެ ފަހު ކިޔުމުގައި. އަޅުގަނޑުމެން އުންމީދުކޮށްގެން މިތިބެނީ، އެ ބިލް އަޅުގަނޑުމެންނަށް ލިބޭނެ ކަމަށް. އަދި އެ ބިލް ފާސްވެގެން އައީމާ، ރާއްޖޭގެ ލިސްޓުން ވަރަށްބޮޑު ބައެއް، ޙަޤީޤަތުގައި އުނިވެގެން އެދިޔައީ. ފަސްދޮޅަސް ޕަސެންޓަށްވުރެ މާބޮޑު ބައެއް. އިންޑިޔާ ސަތޭކަ ޕަސެންޓަށް އުނިކުރީ. އަދި އެހެން ޤައުމުތަކުންވެސް މިހާރު އެބޭފުޅުން އެ ވިދާޅުވަނީ، އެބޭފުޅުން މިކަމުގައި އާ ރޫޙަކާ އެކުގައި ބައްލަވާފައި، ކުރިއަށް މިއޮތް، ދެން އަންނަ ސަމިޓަށް އަންނަންވާއިރަށް، ރާއްޖެއިން ރިޔާސަތު ބަލަހައްޓަމުން ގެންދާއިރުގައި، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، އެއަށް ނިންމުމެއް ގެންނާނެ ކަމަށް. ދެން އަޅުގަނޑުމެން މިދެކެނީ، މިހާރު މި ސަމިޓްގެ ތެރޭގައި ވެރިންނާ އެކުގައާއި އަދި މިނިސްޓަރުންނާ އެކުގައި ދެކެވިފައި ހުރި ވާހަކަތަކުގެ މައްޗަށް ބަލައި، މި ކުރިއަށް މިއޮތް އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް އެ ބަދަލު ގެނެވޭނެ ކަމަށް.

ދެން އޮބްޒަރވަރުންގެ އެހީ، ޔޫރަޕިއަން ޔޫނިއަންގެ އެހީ، ޔޫރަޕިއަން ޔޫނިއަންގެ އެހީ ބޭނުންކުރުމަކީ ވަރަށް އުނދަގޫ ކަމެއް. ގިނަފަހަރަށް އެ އެހީ ޚާއްޞަކޮށް އަމާޒުވެފައި ހުންނާނީ، ޓެކްނިކަލް އެސިސްޓެންސަށާއި، ރިޕޯޓް ލިޔުމަށާއި، އެބާވަތުގެ ކަންކަމަށް. އެހެންވީމާ، ވަރަށްގިނަފަހަރަށް ސާކްގެ ޤައުމުތަކުގައިވެސް އަދި އެހެން ޤައުމުތަކުގައިވެސް އެ އެހީ ބޭނުންކުރަން އެއީ ވަރަށް އުނދަގޫ ކަމަކަށްވެފައި އޮވޭ. ދެން ވަކި އިތުރަށް ސާކް ޤައުމުތަކަކުން ނުދެކޭހެން ހީވަނީ، އެހެން ބައެއްގެ އުޞޫލުތަކެއް އަޅުގަނޑުމެންގެ ތެރެއަށް ކޮންމެހެން ގެނެސްގެންވެސް، ކޮންމެހެންވެސް އެބަޔަކު ދެއްވާ އެއްޗެއް ހޯދަން، އެހެން އުޅޭ އުޅުމެއްގެ ފިކުރެއް އަޅުގަނޑަކަށް ވެރިންގެ ފަރާތަކުންނެއް ނުފެނުނު.

 

Question:

 

Mr. President, you had the Chinese coming over to open the New Embassy, a temporary one while they build the first one here. And then you had a state visit from India. How will the Maldives balance those two big allies without becoming parted between them or upsetting either one?

President Nasheed:

Well I think we have made it very, very clear that India is a best friend and a neighbor. We have always relied upon and worked with India on many, many development issues. And we will continue to work along those lines.

 

މުޙަންމަދު ޤާސިމް - އެމް.އެން.ބީ.ސީ. ވަން:

 

މިފަދަ ސަމިޓެއް ބޭއްވިގެން ދިޔުމުން ބޭރުގެ މީޑިއާތަކުންވެސް މި ސަމިޓްގެ ފުރިހަމަކަމާއި އަދި ޑެލިގޭޓުންނަށް އަދާކޮށްފައިވާ މެހްމާންދާރީގެ ފުރިހަމަކަން ފާހަގަކުރައްވާފައިވަނީ. މިފަދަ ފުރިހަމަ ސަމިޓެއް ފެށިގެންދިޔައިރު، މަނިކުފާނު ފާހަގަކުރައްވާފައިވޭ، ސާކްގެ ޤައުމުތަކަށް ދިމާވެފައިވާ ބައެއް ގޮންޖެހުންތަކުގެ ވާހަކަ. ދެން އެއް ސަމިޓުން އަނެއް ސަމިޓަށް މީގެކުރިންވެސް މާބޮޑު ޢަމަލީ ކަންތައްތަކެއް ފެނިފައެއްނުވޭ އަޅުގަނޑުމެންނަކަށް. ދެން މި ސަމިޓަށްފަހުވެސް މި ގޮންޖެހުންތައް ޙައްލު ކުރުމަށް މަނިކުފާނު މަސައްކަތް ކުރައްވާނީ ކޮންގޮތަކަށްތޯ؟ އަދި ހަމަ ސަމިޓްގެ ކުރިންވެސް މަނިކުފާނުވެސް އަދި ދުނިޔޭގެ މީޑިއާތަކުންވެސް ފާހަގަކުރައްވާފައިވޭ، އިންޑިޔާއާއި ޕާކިސްތާނާ ދެޤައުމުގެ ޞުލްޙައިގެ ކަންތައްތަކުގައި ދިވެހިރާއްޖެއިން ޙަރަކާތްތެރިވާ މިންވަރު. އެއްވެސްވަރަކަށް ޚިޔާލުފުޅު އެބަހުރިތޯ، އިންޑިޔާއާއި ޕާކިސްތާނާ ދެޤައުމުގެ ޞުލްޙައިގެ ވާހަކަތަކުގެ މެދުވެރިއަކަށް ރާއްޖެވުމުގެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޝުކުރިއްޔާ! މިހާރު ސާކްގެ މަސައްކަތް ހިނގާގޮތަކީ، ސަމިޓްގައި ނިންމާ ކަންކަން ދެން ތަންފީޛު ކުރުން މިއޮންނަނީ. ތަންފީޛު ކުރުމުގައި ދަތިތަކެއް ދިމާވަނީ، ސެކްރެޓަރީ ޖެނެރަލާ ސީދާ ސާފުކޮށް ތަންފީޛީ ބާރުތައް ލިބިވަޑައިގެންފައިނުވާތީވެ. މި ސަމިޓުން ނިންމުނު އެންމެ މުހިންމު އެއްކަމަކީ، ސެކްރެޓަރީ ޖެނެރަލްގެ ބާރުތައް، އިތުރު ބާރު ސެކްރެޓަރީ ޖެނެރަލަށް އެރުވުމަށާއި އެ އަދި ސެކްރެޓަރީ ޖެނެރަލަށް ކަންކަން ތަންފީޛު ކުރައްވަމުން ދެވޭނެ ގޮތެއް ހޯދުން. މިހާރު އަޅުގަނޑުމެންނަށް ފެނިގެންދާނެ އިރާދަކުރެއްވިއްޔާ، މި ސަމިޓް ނިންމުމަށްފަހު، ފުރަތަމަ އަޅުގަނޑު އުންމީދު މިކުރަނީ، ކޮންމެ މަހަކު ސާކްގެ ކަމެއް، ޢަމަލީ ކަމެއް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ވުޖޫދަށް ނެރެވޭތޯ. ޑިސެމްބަރު މަހުގެ ތެރޭގައި، އަޅުގަނޑުމެން ބަލާނަން، ފެރީގެ ނިޒާމް ގެނެވޭތޯ. ދެން އެހެންވެސް ހިންގަން މިހުރި މަސައްކަތްތަކުގެ ތެރެއިން އަޅުގަނޑު ވަރަށް ބޮޑަށް ސެކްރެޓަރީ ޖެނެރަލް އަރިހުގައި އެދޭނަން، އަދި އެބޭފުޅާއާ އެކީގައި އެމަސައްކަތް އެގޮތަށް ހިންގޭތޯ ބަލާނަން. ކޮންމެ މަހަކުވެސް ޢަމަލީ ކޮންމެވެސް ކަމެއް، ސާކް ޤައުމުތަކަށް ފެންނާންޖެހޭނެ، ސާކް ޙަރަކާތްތެރިވާތަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ހިނގާނެ.

އިންޑިޔާއާއި ޕާކިސްތާނާ ދެޤައުމުގެ ދޭތެރޭގައި ހުރި މައްސަލަތަކަށް ފިނިކަމެއް އަންނާނެ ކަމަށް، ސާކްގެ މާޙައުލުގެ ތެރެއިން ފިނިކަމެއް އަންނާނެ ކަމަށް އަޅުގަނޑުމެން ސަމިޓަށް ފަށައިގަތުމުގެ ކުރީގައިވެސް ފާހަގަކުރިން. ދެން އެނގިވަޑައިގަންނަވާނެ، އެ ފިނިކަން އައިއްސަ މިހާރު އޮތް މިންވަރު. ދެޤައުމުން އެ ދަނީ ވަރަށް ފުރިހަމައަށް ވާހަކަ ދައްކަމުން. އަނެއްކާ ޕަރމަނަންޓް ސެކްރެޓަރީންވެސް، ޕްރިންސިޕަލް ސެކްރެޓަރީންވެސް އިތުރު ވާހަކަތައް ދައްކަވާ ގޮތަށް މިހާރު އެބޭފުޅުން އެވަނީ ހަމަޖައްސަވާފައި. ދެން އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ އަދި ނުވެސް ދެކެމު، އެދެޤައުމު ދެމެދުގައި ހުރި މައްސަލަތަކަށް އެއްވެސް ބަޔަކު، އެދެމެދުގައި ވާހަކަ ދެކެވޭނެ ކަމަކަށްވެސް. އަދި ވާހަކަ ދެއްކުމަށް އެދެޤައުމުންވެސް އެއްބަސްވެދާނެ ކަމަކަށްވެސް. އެއީ އެބޭފުޅުންގެ ކަމެއް. އެބޭފުޅުން އެކަން ރަނގަޅު ކުރުމަށް، އެކަންކަން ފުރިހަމަކުރުމަށް އަޅުގަނޑުމެން ހައްތަހާވެސް ތާއަބަދު އެދެނީ. އަޅުގަނޑުމެން އެކަންކަމުގެ ތެރެއަށް ވަދެގެން، އެކަންކަން ރަނގަޅު ކުރަން އުޅުން އެއީ އަޅުގަނޑުމެންނަށް ވެވެން އޮތް ކަމެއްވެސް ނޫން. އަދި ކުރާން އުޅުން ބުއްދިވެރި ކަމެއްވެސް ނޫން.


ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، މި ނިމިގެންދިޔަ ސާކް ސަމިޓްގެ ތެރެއިން ރާއްޖެއަށް ސީދާ ރާއްޖޭގެ ރައްޔިތުންނަށް ކޮންކަހަލަ ފައިދާތަކެއް ފެނިގެންދާކަހަލަ ކަންތައްތަކެއް ފެނިގެން ހިނގައިދާނެތޯއޭ؟ ވާހަކައަކީ އެކަހަލަ ފާސްކުރުންތަކެއް އެބަހުރިތޯއޭ، އެކަންކަމެއް ނިމިގެން ދިޔައީމާ، ރައްޔިތުންނަށް ސީދާ އެކަމަކުން ފައިދާކުރާނެ ކަންތައްތަކެއް.

ދެން ދެވަނަ ސުވާލު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މަނިކުފާނު މި ޢިމާރާތް، އަޅުގަނޑުމެން މިހިރަ މިތިބަ ކޮންވެންޝަން ސެންޓަރު، ބުދަ ދުވަހު ވިދާޅުވެފައި އެބައޮތް މިހެން، މަނިކުފާނު ރާއްޖޭގައި ޖައްސަވަން ބޭނުންފުޅުވާ ހަތް ބިލްބޯޑުގެ ތެރެއިން އެއް ބިލްބޯޑޭ މި ޖެއްސެވީ. އެހެންވީމާ، ދެންހުރި ބިލްބޯޑުތައް، މަނިކުފާނު ތިޔަ ވިދާޅުވި ބިލްބޯޑުތައް ފުރިހަމަވެގެން ދިޔުމަށް ކިހާ ދުވަހެއް ނަގާނެކަން ރައްޔިތުންނަށް އެއްވެސްވަރަކަށް އިޝާރާތެއް ކޮށްދެއްވިދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޝުކުރިއްޔާ! ރައްޔިތުންނަށް ފައިދާވާ ކަންތައްތަކުގެ ތެރޭގައި، އަޅުގަނޑު މިދަންނަވަނީ ފުރަތަމަ އެއްކަމަކަށް، މިސާލަކަށް، ކުޅުދުއްފުށިން ފުރައިގެން ހެޔޮ އަގެއްގައި އިންޑިޔާއަށް ބާރަ، ފަނަރަ ގަޑިއިރުތެރޭގައި ދެވޭގޮތް ވެއްޖިއްޔާ، އޭގެ މާނައަކީ، ކުޅުދުއްފުށިން ފުރައިގެން ބައްތެއްޔަކަށް އަރައިގެން މާލެއަށް ހަމަ އެއްރޭ ދުއްވާފައި އައުމެކޭ އެއްފަދައޭ. އެއޮއް ދެވެނީ އިންޑިޔާއަށް. އެހެންވީމާ، އެއީ އަޅުގަނޑު ހިތުން ވިޔަފާރިއަށްވެސް އަދި އެހެން އެހެން އިންޑިޔާއިން ބޭނުންވާ ޚިދްމަތްތައް ލިބިގަތުމަށްވެސް، ރާއްޖޭގެ ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހަ ކަމެއް. ވަރަށްބޮޑު ފައިދާއެއް.

ދެން ހަމަ އެއާއެކީގައި، މިދިޔަ އަހަރު އުފައްދާފައި އެއޮތް ސާކް ޑިވެލޮޕްމަންޓް ފަންޑް، އެ ފަންޑަކީވެސް ފައިސާ ގިނަ ފަންޑެއް. އެ ފަންޑުން މަކުނުދޫގައި އިޢާދަކުރެއްވި ހަކަތައިގެ ޕްރޮޖެކްޓެއް ހިންގުމަށް މިހާރުވަނީ އެޕްރޫވަލް ލިބިފައި. އެހެންވީމާ، އެމަސައްކަތްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު މިދެކެނީ، ދާދި އަވަހަށް ހިނގައިގަނެދާނެ ކަމަށް. އަޅުގަނޑު އުންމީދު ކުރަނީ، މިދެންނެވިހެން ކޮންމެ މަހަކުވެސް ސާކްގެ ކޮންމެވެސް ކަމެއް ހިނގާތަން އަޅުގަނޑުމެން ދެކުން. ދެން ބާކީހުރި ބިލްބޯޑް، އިރާދަކުރެއްވިއްޔާ ހަމަ އަޅުގަނޑުމެންގެ މި މުއްދަތުގެ ތެރޭގައި ހަރުކުރެވޭތޯ އަޅުގަނޑު ބަލަމުން ގެންދާނަން.


އަޙްމަދު ސަޢީދު – ހަވީރު ނޫސް

އަޅުގަނޑުގެ ސުވާލަކީ، ސާކްގެ ޗާޓަރ އިޞްލާޙު ކުރުމުގެ މުހިންމުކަން ޑިޕްލޮމެޓުން ފާހަގަކުރަމުން އަންނަތާ ފަސްވަރަކަށް، ހައެއްކަ އަހަރުވެސްވެއްޖެ. ދެން ރާއްޖެއިން އެކަމަށް ތާއީދު ކުރައްވާ ކަމެއްތޯ އެއީ ޗާޓަރ އިޞްލާޙު ކުރެއްވުމަކީ. އިޞްލާޙްނުކޮށް ސާކަށް ކުރިއަށް ދެވިދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

މީގައި ދެތިން ވިސްނުމެއް އުޅޭ އިނގޭތޯ. ޗާޓަރަކު ޙަޤީޤަތުގައި އެހާ ބޮޑެތި ހުރަސްތަކެއް އެހެން ފެންނާކަށެއް ނެތް. މީގައި މިއޮންނަނީ، އެބަޔަކު ރިޔާސަތު ބަލަހައްޓާއިރުގައި، ޗާޓަރު މާނަކުރަމުން ގެންދަންވީ ގޮތް. ދެން އެއީ ޢާންމު އުޞޫލުތައް ގޮތުގައި ޢާންމުވެގެންދަނީ. އެހެންވީމާ، މިފަހަރު އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖެއިން އެ މާނަކުރެވޭ ގޮތަށް އަޅުގަނޑުމެން ޢަމަލުކުރަމުން ގެންދާނަން. ގެންދިޔައިމާ އެއީ އަޅުގަނޑު ދެކޭނަން، ސާކްގެ ޢާންމު އުޞޫލަކަށް ވެގެންދާނެ ކަމަށް. އެހެންވީމާ، އަޅުގަނޑު ދެކެނީ، ސާކްގެ ޗާޓަރ އިޞްލާޙު ކުރުމަށް، ކަނޑައެޅިގެން ކުރަންވީ ކޮންކަމެއްކަން ވެރިންނަށް ސާފެއްނުވި. ދެން އަޅުގަނޑަށް ފެނުނީ، ވެރިން ވިދާޅުވާ ވާހަކައަކީ، ދެން ކުރެވެންހުރި ކަމެއް ކުރަމުން ގެންދިޔައިމާ، އަދި ޗާޓަރަކުން މާބޮޑަކަށް ބޭރެއްނުވެއޭ. އެހެން ނަމަވެސް، ހެޔޮވެރިކަމާއި، ގުޑް ގަވަރނަންސާއި އަދި ޑިމޮކްރަސީއާ، މިކަންކަމާ ގުޅޭގޮތުން އިތުރު މަޝްވަރާތައް ބޭނުންވާ ކަމަށް ހުރިހާ ވެރިންވެސް ދެކެވަޑައިގަންނަވާ. ބަންގްލަދޭޝްގެ ޕްރައިމް މިނިސްޓަރ އަޅުގަނޑަށް ރޭގައިވެސް ކިޔައިދެއްވި. އެއްލައްކައަށްވުރެ ގިނަ، އެއް ކްރޯޑަށްވުރެ ގިނަ ޢަދަދެއްގެ މީހުން، އެއީ ކުރީފަހަރު ބަންގްލަދޭޝްގައި ވޯޓްލީއިރުގައި، ވޯޓަރ ލިސްޓްގައިވެސް ހިމެނިފައި އޮތް ކަމަށް. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ނިޒާމީ ވޯޓް ނެގުނުއިރުގައި، ރާއްޖޭގެ އާބާދީއަށްވުރެ ގިނަ މީހުން ވޯޓަރ ލިސްޓްގައި ހިމެނިފައި ތިބީ. ގިނަމީހުން މަރުވެފައި ތިބީ. އެބާވަތުގެ ކަންކަން އިޞްލާޙު ކުރުން އެއީ، އަޅުގަނޑު ހިތުން ގަވަރނަންސްގެ ތެރެއިން ސާކްގައި ހަމަ ކުރަން ޖެހިފައި ހުރި ކަމެއް.

 

Question:
AmaraJaya Singh from France Press

 

Thank you very much, MR. President: In the declaration there is mention of reviewing the status of Observers and Dialogue Partners. Are you trying to expand the number of Observers and how does this Dialogue Partner come in, as I understand you don’t have many of them. So there is a question of China wanting to be the first Dialogue Partner. Is there any discussion of that? Are you moving towards that direction?

President Nasheed:

From what I understood from the retreat and from what we had in mind was to actually come out with a framework of how the Organization may accept a country as an Observer and what is the role and mandate of an Observer. So we were not actually clear on what an Observer is supposed to do. And therefore the idea is for the Council of Ministers to come up with a mandate for Observers. The same applies for Dialogue Partners. It is to understand what Dialogue Partners are supposed to do with the Organization. There was no hurry, or no further discussion to make China a Dialogue Partner or any other Partner other than being the Observer that China is.


Question:

Thank You Very Much President. I’m from Pakistan, Fayaz

First of all, thank you very much for inviting us and Congratulations on a successful Summit here. My question is about the problem SAARC for implementation of its decisions. You can take SAFTA and many of those.

Do you have any plans to ensure that during your Chairmanship these agreements or other decisions could be implemented as early as possible?

And the second question is about the cooperation in energy section. Energy is very important and some countries are facing a no energy issue in the region, but there is no cooperation in the region, and you have just asked in the recommendations that we cooperate, but there is no planning in it, only cooperation? Thank you very much.


President Nasheed:

Thank you very much. We have had a very fruitful end of discussion on how we should move on the Secretariat. I’m sure the Heads are now with a very clear vision on what each other wants the Secretariat to achieve and to do. During the course of our Chairmanship we will try our best to implement the decisions, the declarations made by the Heads and we will use the Secretariat to do those implementations as much as we can.

On the question of energy, the Members did deliberate upon renewable energy and the need for governments to invest more on renewable energy, but there was no other in depth deliberation on energy security, but there was an understanding that wherever they say that there will be cooperation and studies will be done and so on and so forth, we have in mind to get them done by the next Council of Ministers and get the Ministers to decide upon in and hopefully conclude it within our tenure. I will do my best and I will work very hard to achieve these goals.

 

މިޞްބާޙު ޢައްބާސް – ދި ޓީ.ވީ:

 

މަނިކުފާނު ސާކް ސަމިޓަށް ބައިވެރިވެވަޑައިގެންނެވުމަށް އައްޑުއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ފާހަގަކުރެއްވި ކަންތައްތަކެއް. އޭގެތެރޭގައި، ސާކް ސަމިޓްގެ ހަވާސާއިން ބޭރުގައި، އިންޑިޔާ ޕާކިސްތާނުގެ ގުޅުމަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށް ފާހަގަކުރެއްވި. ދެން އޭގެއިތުރަށް، އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު އޮންނަ ގުޅުމާމެދުވެސް ކަންތައްތަކެއް ނިމިގެންދާނެ ކަމަށް ފާހަގަކުރެއްވި. ސާކް ސަމިޓަކީ ކާމިޔާބު އަދި ސާކް ސަމިޓްގެ ސަބަބުން ރާއްޖޭގެ ނަން އިތުރަށް ބޭރު ދުނިޔޭގައި ވިދައިގެންދާނެ ސަމިޓެއް ކަމަށް ފާހަގަކުރެއްވި.

އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، މި ސާކް ސަމިޓް، މަނިކުފާނު ބޭނުންފުޅުވިވަރަށް ކާމިޔާބުވިތޯ؟ ދެން ސާކް ސަމިޓްގެ ތެރޭގައި މަނިކުފާނު ދެއްވި ސްޕީޗްގައި ފާހަގަކުރެއްވި، ދެކުނު އޭޝިޔާ ސަރަޙައްދަކީ، ސިޔާސީ ކާމިޔާބު މާޙައުލަކަށް ހެދުމަށް ގޮވާލެއްވި. ދެން އޭގެއިތުރުން، އަޅުގަނޑުމެންނަށް ފާހަގަކުރެވުނު، މިއަދު އޮބްޒަރވަރ ބައެއް ސްޓޭޓްތަކުން ދިން ސްޓޭޓްމަންޓްތަކުގައިވެސް ފާހަގަކުރެވިގެންދިޔަ އެކަމަށް. ކިހިނެއްތޯ އެއްވެސްވަރަކަށް މިކަމަށް މަޝްވަރާ ކުރެއްވުނުތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އާދެ! އަޅުގަނޑު އަބަދުވެސް ދަންނަވަން، އަޅުގަނޑުމެން އެދޭ މިންވަރާއި ލިބޭ މިންވަރާ ދެމެދުގައި ފަރަޤެއް ހުންނާނެއޭ. ދެން މަސައްކަތް ކުރަމުންދާންޖެހެނީ އެ ފަރަޤު ކުޑަކުރުވުމަށޭ. އެހެންވީމާ، އަޅުގަނޑު ދެކެނީ، އަޅުގަނޑުމެން އެދުނު މިންވަރުގެ ހަމަ ރަނގަޅު 75 ޕަސެންޓް އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވިއްޖެ ކަމަށް. ތިޔަބޭފުޅުންވެސް އަޅުގަނޑުމެން އެދިފައި ތިބި މިންވަރާއި އަދި ސަމިޓްގެ ކުރީގައި ފާހަގަކުރަމުން އައި ކަންކަމާއި، ނިމިގެން މިއައިއިރުގައި ވެފައިހުރި ކަންކަމަށް ބައްލަވާލައްވައިފިއްޔާ، އެކަން ވަރަށް ބޮޑަށް ސާފުވެގެންދާނެ.

ދެން ފާހަގަކުރައްވައިފި، ސަމިޓްގެ ވަރަށްބޮޑު އެއްބޭނުމެއް އެއީ، ދޭދޭ ޤައުމުތަކުގެ މެދުގައި ސާކްގެ ހުރި އެހެން އެޤައުމުތަކުގެ ދޭދޭ މައްސަލަތަކަށް ޙައްލެއް ހޯދުމަށް، ބައިލެޓްރަލް މައްސަލަތަކަށް ޙައްލު ހޯދުމަށް މާޙައުލެއް އުފެއްދުން، ސާކްގެ ހަވާސާގެ ތެރޭގައި. ދެން އެ މާޙައުލު އުފެއްދުމަށްޓަކައި އަޅުގަނޑުމެންނަށް ލިބުނު ހުރިހާ ފުރްޞަތެއްގެ ބޭނުން އަޅުގަނޑުމެން ކުރިން. އަދި އިރާދަކުރެއްވިއްޔާ، އެހުރިހާ މަޝްވަރާތަކެއް ވަރަށް ފުންކޮށް، ވަރަށް ފުންކޮށް ވަނީ ކުރެވިފައި. ދެން ވަރަށްގިނަ މަޝްވަރާތައް އިރާދަކުރައްވައިގެން އަޅުގަނޑަށްވެސް އަޑުއަހާލަން އިނދެވުނު. އެހެންވީމާ، އަޅުގަނޑު ދެކޭ ދެކުމުގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި، ދެކުނު އޭޝިޔާގެ ޚާއްޞަކޮށް، އިންޑިޔާ، ޕާކިސްތާން، އަފްޣާނިސްތާން، އެ ތިން ޤައުމުގެ މައްސަލަތަކާ ގުޅޭގޮތުން އެޤައުމުތަކުގެ ތިން ވެރިންނަށް މިހާރު ވާހަކަ ދެއްކުމަށް ޖެހިލުންނުވާ ކަމަށް އަޅުގަނޑަށް ވަރަށް ބޮޑަށް ފާހަގަވޭ.


ސައިފް އަޒްހަރު – ހާމަ ނޫސް:

އަޅުގަނޑުގެ ސުވާލަށް އެކޮޅުންވެސް އޭގެ ބައެއް ހިނގައްޖެ. ދެން އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާލާނަން. އ.ދ.ވެސް ފާހަގަކުރައްވާފައި އެބައޮތް. ސާކް ސަރަޙައްދު ކުރިއަރައި ނުދިޔުމަށް މި ދިމާވާ ސަބަބަކީ، ދޭދޭ ޤައުމުތަކުގެ މޫވް ކުޑަކަން ކަމަށް. އެހެންވީމާ، ޙަޤީޤަތުގައި، ދެންމެ މަނިކުފާނު ތިފާހަގަކުރެއްވި ޕާކިސްތާން، އިންޑިޔާ އަދި އަފްޣާނިސްތާނުގެ މައްސަލަ. އަޅުގަނޑުގެ ސުވާލަކީ، މި ޤައުމުތަކުގެ ވެރިން ޗާޓަރަށް ބަދަލު ގެނައުމަށް އިޝާރާތެއް ނުކުރެއްވުމުގެ މާނައަކީ، ސާކް އަދިވެސް އޮންނާނީ ހަމަ ހުސް ވާހަކަތަކެއް ދައްކާ ޖަމާޢަތެއްގެ ގޮތުގައިތޯ، ކުރިއަށް އޮތް ތާނގައި.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

މިހާރު އެނގިވަޑައިގަންނަވާނެ، މިސާލަކަށް މިދިޔަ އަހަރު، އެއީ ކުރީގައި އެއްގޮތަކަށްވެސް ދޭދޭ ޤައުމެއްގެ ވާހަކައެއް ސާކްގައި ކުޑަކޮށްވެސް ނުދެކެވޭ. ސާކްގެ ސަމިޓެއް ނިމިގެން އޮންނަ ކޮންފަރެންސެއްގައި، ދޭދޭ ޤައުމެއްގެ ވާހަކަ ނޫސްވެރިއަކު އައްސަވާފައި، އަވަސްވެގަނެވޭނެ، ޖަވާބުގައި ދިނުމަށް ސާކަކީ ދޭދޭ ޤައުމުތަކުގެ މެދުގައި ހުންނަ ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކާ ޖަމާޢަތެއް ނޫން ކަމަށް. އެކަމަކު އެނގިވަޑައިގަންނަވާނެ، މިހާރު އެކަން އެގޮތަށް ނުހިނގާކަން. މިހާރު ސާކް ސަމިޓް ނިމުމަށްފަހު، ނޫސްވެރިން އެކުރާ ސުވާލުތަކަށް އަޅުގަނޑުމެން މިދަނީ ޖަވާބުދެމުން. އަދި ސަމިޓްގެ ކުރީގައި، އެކަންކަމާ ގުޅޭގޮތުން ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެން އައީ މިކަންކަން ސަމިޓްގެ ތެރޭގައި ފާހަގަވެގެންދާނެ ކަމަށް ފާހަގަކުރަމުން. އަދި އެޤައުމުތަކުގައިވެސް ސާކްގެ ރިޔާސަތު ބެލެހެއްޓުމަށް އަންނަ ފަރާތެއްގެ ގޮތުން އަޅުގަނޑުމެން ދިޔައީ، އެޤައުމުތަކުގައިވެސް އެވާހަކަތައް ދަންނަވަމުން. އެކަންކަން އެބޭފުޅުންނަށް ފާހަގަކޮށްދެމުން. އެހެންވީމާ، އަޅުގަނޑު ދެކެނީ، ސާކަކީ ހުސްވާހަކަ ދައްކާ ތަނެއްގެ ގޮތުގައި އޮންނަ އޮތުމަށް ނިމުމެއް އައުމުގެ ފެށުމޭ މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ. ނިމުމެއް އައިކަމަކަށް އަދި އަޅުގަނޑު ދަންނަވަނީކީ ނޫން. އެކަމަކު މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ ނިމުމެއްގެ ފެށުން. އަޅުގަނޑު އަނެއްކާ އިތުރަށް އަބަދުވެސް ދަންނަވާ ވާހަކައެއް އެއީ، އާ ދިރުމަކަށް ފުރަތަމަވާންޖެހޭނީ މަރޭ.

 

Question:

 

I’m from Sri Lanka. Mr. President, let me first thank you for the hospitality and the service you have provided to conclude this 17 SAARC Summit successfully. Let me come back to the question. On security issues, the SAARC Summit agreed to initiate work combating maritime piracy in the region. Already we heard the Indian Prime Minister stating that India will initiate a mechanism along with Sri Lanka and Maldives to take maritime security measures. How do you plan to implement this? What is your countries contribution?

President Nasheed:

Well, we have respective authorities of our three countries who have met just recently. And they have deliberated on a mechanism, on a process of how we should be implementing this, and they will again come back to us in the next 2, 3 months and we will hopefully finalize our modus operandi or how we are going to go about it by mid 2012, which I know is late, but by the time the next season of drifting pirates come to us, we must be able to handle them, or we must be able to deal with them. The most difficult of issues is not stopping them rather, but what to with them after you have captured them or after they have drifted to your shores. Very often there is no recognizable crime from them; they don’t have any ammunition by the time they reach the Maldives, therefore we can only treat such a person as a drift, and it is very difficult for us to find out exactly how and where these people maybe kept. We presently have 37 such refugees.


JJ Robinson from Minivan News:

Just quickly you mentioned in your talk the possibility of installing a human rights mechanism within SAARC. Did that come up again with the Heads of State; do you still believe there is a possibility for that to happen?

President Nasheed:

I think it is very, very possible. Heads were positive on the issue. They understand that it is an issue we have to deal with. And they also understand this is an issue that is very dear to a number of SAARC leaders. You will if you screen them find, a number of them have spend time in jail and have been tortured and therefore Human rights is at the top of the agenda. I don’t think SAARC Heads will stop talking about Human Rights.

 

އަޙްމަދު ނާއިފް – ސަން އޮން ލައިން

 

ވަރަށް ބޮޑަށް ޤައުމުތަކުން އެމެރިކާއިންވެސް ފާހަގަކޮށްފައި އެބަވޭ، ހިއުމަން ޓްރެފިކިންގގެ ވަރަށްބޮޑު ޖަގަހަކަށް ރާއްޖެވެސްވާ ކަމަށް. އަދި މި ރީޖަންގެ ބައެއް ޤައުމުތައްވެސްވާ ކަމަށް. އެހެން ނަމަވެސް، ސާކް ސަމިޓްގެ ތެރޭގައި އެއްވެސްވަރަކަށް އަޅުގަނޑުމެންނަކަށް ފެނިގެންނުދިޔަ، ހަމަގައިމުވެސް އަޅުގަނޑަކަށް ފާހަގަވެގެނެއްނުދިޔަ، ހިއުމަން ޓްރެފިކިންގެ މައްސަލައިގައި، މަޝްވަރާތަކެއް ކުރެވިގެންދިޔަ ކަމެއް. ހަމައެކަނި ޝައިޚް ޙަސީނާގެ ވާހަކަފުޅުގައި، ކޮންމެވެސްވަރަކަށް ހިއުމަން ޓްރެފިކިންގއަށް އަލިއަޅުއްވާލެއްވި. ޤަބޫލުފުޅު ކުރައްވަންތޯ، ސާކްގެ ތެރެއިން ހިއުމަން ޓްރެފިކިންގގެ މައްސަލަ ޙައްލު ކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް. އަދި ޚާއްޞަ ގޮތެއްގައި، ރާއްޖެއަށް ލޭބަރުންގެ މައްސަލަ މިއޮތީ ބޮޑުވެފައި. އެހެން ޤައުމުތަކުގެ ބިދޭސީ. ވީމާ، މިމައްސަލަތައް ސާކްގެ ތެރެއިން ޙައްލު ކުރުމަށް ގޮތްތަކެއް ރޭވިދާނެ ކަމަށް ޤަބޫލުފުޅު ކުރައްވަންތޯ؟

އަދި އަޅުގަނޑުގެ ދެވަނަ ސުވާލުވެސް އެބައުޅޭ. ދެން ދެންމެ މަނިކުފާނުގެ ވާހަކަފުޅުގައި ވަރަށް ބޮޑަށް ފާހަގަކުރެއްވި، ސޯމާލިޔާއިން މިހާރު ޕައިރެޓުންގެ ވާހަކަ. ދެން މިހާރު ރާއްޖޭގައި މިތިބަ ސޯމާލިޔާގެ މީހުންނަށް ކިހިނެއްތޯވާނީ؟ އަޅުގަނޑަށް ކޮންމެވެސް ވަރަކަށް މަޢްލޫމާތު ލިބިފައި އޮތީ، އެބޭފުޅުންނަށް މި ރާއްޖެއިން ސިޓިޒަންޝިޕެއް ދެއްވަން އެއްވެސްވަރަކަށް ކެބިނެޓްގައި މަޝްވަރާ ކުރެއްވިކަން. އެއްވެސްވަރަކަށް އެފަދަ ކަމަކަށް މަޝްވަރާ ކުރެއްވިގެންދިޔަތޯ ކެބިނެޓްގައި؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ފުރަތަމަ ބަންގްލަދޭޝާ އެކުގައި ލޭބަރ އެއްބަސްވުމެއް ވުމަށް ދިވެހި ސަރުކާރުން މިހާރު މިވަނީ ނިމިފައި. ސާކް ސަމިޓްގެ ހަވާސާގެ ތެރޭގައި އެކަން ހިނގާ މިދިޔައީ. އެހެންވީމާ، އަޅުގަނޑު މިދެކެނީ، މި ސަމިޓްގެ ތެރޭގައި އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޤައުމުތަކުގެ މެދުގައި ހުރި މިބާވަތުގެ މައްސަލަތައް ޙައްލު ކުރެވޭނެ ކަމަށް. ދިވެހިރާއްޖެއަށް މިވަނީ ގަވާއިދާ ޚިލާފަށް ވަރަށްގިނަ ޢަދަދެއްގެ ބޭރުމީހުން އެތެރެކުރެވިފައި. އެކަން ބާރު ސްޕީޑެއްގައި ހިނގާފައި މިވަނީ، 2007 އަދި 2008 ވަނަ އަހަރާއި، މިދިޔަ އަހަރުގެ ތެރޭގައި ވަރަށްގިނަ ޢަދަދެއްގެ މީހުން، ގަވާއިދާ ޚިލާފަށް ވަނީ އެތެރެވެފައި.

ދެން ދެންމެ ދެވަނަ ސުވާލަށް ތިކުރެއްވި ސުވާލަށް އެންމެބޮޑު މައްސަލައަކީ، ރާއްޖެއަށް ލައްވާ މީހުންނަކީ ސޯމާލީ މީހުންކަން ބުނަން ނޭނގޭކަން. އެ ލައްވާ މީހުން އަތުގައި ޕާސްޕޯޓެއް ނުވަތަ އެއީ ކޮން ދައުލަތެއްކަން އަންގައިދޭ އެއްވެސް ލިޔުމެއް، އެބާވަތުގެ އެއްވެސް އެއްޗެއް ނުހުރޭ. ދެން އެހެންވީމާ، އަނބުރާ ފޮނުވަންވީ ސޯމާލީއަށްތޯ ނުވަތަ ސޯމާލިޔާއަށްތޯ ނުވަތަ އެހެން ރަށަކަށްތޯ؟ އެއީވެސް އަޅުގަނޑުމެންނަށް މުޅިން ސާފުނުވާ މައްސަލައެއް މިކަމުގައި. ދެން ރާއްޖޭގެ ރައްޔިތުންނަށް، ބޭރު ޤައުމުތަކުގެ ބިދޭސީންނަށް، ދިވެހިންނަށްވުމަށް ޤާނޫނުއަސާސީ އޮންނަ އުޞޫލުތަކެއް އޮވޭ. އެހެން ނަމަވެސް، ކެބިނެޓްގައި އެބާވަތުގެ ވާހަކައެއް، މަޝްވަރާ ދުވަހަކުވެސް ކުރެވިފައިވާ ހަނދާނެއްނުވޭ. ދެން އެހެން ބޭފުޅަކުވެސް ކެބިނެޓްގެ ވާހަކައެއް މިއަދު ނޭއްސެވުމަށް އަޅުގަނޑު އެދެން.


އާސިޔަތު މުޙަންމަދު ސަޢީދު – ހަވީރު ނޫސް:

އިންޑިޔާގެ ސެންސިޓިވް ލިސްޓް ކުޑަކޮށްދީފައި މިއޮތީ، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކަށް. ދެން ރާއްޖެ މިއޮތީ އެލް.ޑީ.ސީ އިން އުނިވެފައި. އެހެންވީމާ، ރާއްޖޭގެ މިއެއްބަސްވުމުގެ ސަބަބުން ކިހާވަރަކަށް ފައިދާ ކުރާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ދެން އަޅުގަނޑު އުންމީދު ކުރަން، ދެން އަދި އަޅުގަނޑު ދެކެނީ، ހަމަ ވަރަށް ބޮޑަށް ފައިދާކުރާނެ ކަމަށް. އަޅުގަނޑުމެންނަށް އަދި އެލް.ޑީ.ސީ ސްޓޭޓަސްއިން މުޅިން ދިޔަތޯ، ނޫންތޯ، ސާކްގެ މިކަމުގެ މާނައިގައި އަޅުގަނޑުމެން އަލުން އަނބުރާ އިންޑިޔާ ސަރުކާރާ ވާހަކަ ދައްކާނަން. މިއީ ވަރަށް ބޭނުންތެރި ކަމެއް. އިންޑިޔާގެ، ދެން އަޅުގަނޑު ދެކެނީ، އަޅުގަނޑު މިހާރުވެސް ދައްކައިފިން. އަޅުގަނޑު ދެކެނީ، އެކަން އަޅުގަނޑުމެންނަށްވާނެ ކަމަށް. އެއީ މީގެ ބޭނުމަކީ، ދިވެހިރާއްޖޭގައި އުފައްދާ އުފެއްދުންތައް ޑިއުޓީއަކާ ނުލައި، އިންޑިޔާއަށް އެކްސްޕޯޓް ކުރެވޭގޮތަށް އޮންނަންޏާ، ދިވެހިރާއްޖޭގައި އިންޑިޔާއަށް ތަކެތި ވިއްކުމަށް ބޭނުންވާ ފަރާތްތަކުގެ ވިޔަފާރި ފުޅާވެގެންދާނެކަން ކަށަވަރު. އެހެންވީމާ، ބޭރު އިންވެސްޓްމަންޓްސް އަޅުގަނޑުމެންނަށް ލިބޭނެ. ދެން އަޅުގަނޑުމެން، މި އަޅުގަނޑު މިދެކެނީ، މިކަމުގައި ދިވެހިރާއްޖެއަށްވެސް ހަމަ އެހެން ސާކްގެ ޤައުމެކޭ އެއްގޮތަށް ފުރްޞަތު އޮންނާނެ ކަމަށް. ދެން އަޅުގަނޑު އެގޮތަށް ކުޑަކޮށް މަޝްވަރާވެސް ކޮށްލައިފިން.

 

Mr. Amal Jayasingha:

 

Mr. President, Here on the declaration we don’t see any precise timelines for implementing SAFTA or even taking away the sensitive list. So how disappointed are you that leaders are not committed to fully implementing SAFTA or taking away the sensitive list by the agreed time?

President Nasheed:

Thank you Amal. Me and the Heads decided that Ministers will deliberate on SAFTA and come back, in the report during or after the Council of Ministers that will be held on the middle of next month. On the other issue of the Railways Agreement which has been in the pipeline or in SAARC for quite a long time, Heads have agreed that they will conclude it by the Council of Ministers Meeting so therefore it has to be concluded and done by the Council of Ministers meeting, we wish that it was more substantial and with more depth, but we are, I must say quite satisfied with the results that we have got from this Summit. We do not think, we do not feel that it has been such a waste of time, but we feel that there have been a number of substantial agreements, and understandings, and conversations during the course of the last two, three days.

Thank you very much for bearing with us the last two, three days. I know journalists might have been stranded in many places because of lack of transport and further because of security measures your internet connections and your communications might have been affected. I am very grateful you have borne with us the difficulties of logistics, this is the very first time we are attempting such a meeting in a far-flung atoll. I hope that with our modest means we have been able to give you the best that we have.

Thank you very much.