އައްޑޫސިޓީއާއި ފުވައްމުލަކުގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކަކީ ކޮބައިތޯ ބައްލަވައި، އެ ފުރުޞަތުތަކާ ގުޅޭ މަޝްރޫޢުތައް ރާއްވަވައި ހިންގެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި މިކަމާބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި އައްޑޫ ސިޓީގަޔާއި ފުވައްމުލަކުގައި އިތުރަށް ހިންގޭނެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ. އަދި މަޝްރޫޢުތައް ރާއްވަވައި ހިންގެވުމަށް ވަޒީރުންގެ ސަބްކޮމިޓީއެއް ނެންގެވިއެވެ.