މިނޮވެމްބަރު މަހުގެ 10 ވަނަ ދުވަހަކީ، ސަރުކާރުގެ އޮފީސްތައް ހުޅުވިފައި ހުންނާނެ ދުވަހެކެވެ. އެ ދުވަހު ސަރުކާރު ބަންދު ކުރައްވާ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

އެހެން ނަމަވެސް، މި ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެކެވެ. އެއީ، މި ނޮވެމްބަރު މަހުގެ 11 ވަނަ ދުވަސް ދިމާވަނީ، ހުކުރު ދުވަހަކާ ކަމަށްވާތީ، ޤައުމީ ދުވަސް ނުވަތަ ޖުމްހޫރީ ދުވަސް، ހުކުރު ދުވަހަކާ ނުވަތަ ހޮނިހިރު ދުވަހަކާ ދިމާވެއްޖެނަމަ، ވިދިގެން އަންނަ އާދީއްތަ ދުވަސް ބަންދު ކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 25 މެއި 2000 ގައި ނެރެފައިވާ ދެންނެވުމުން ހަމަޖައްސަވާފައިވާތީއެވެ.