Government Officials, Maldives Cricket Board Chairman, members of the diplomatic community, and of course most importantly, our players, and everyone who is so eagerly watching this event, what is to come in Fuvahmulah during the course of next month.

Good evening.

It of course is a great pleasure for us that we are able to host teams, players, from all SAARC countries while we are going to host the 17th SAARC Summit. As the video depicted, the tournament is going to be held on the island of Fuvahmulah, which of course celebrates not just the beauty of the Maldives, but also the beauty of island nations and island nature.

Fuvahmulah stands alone in the middle of the Indian Ocean like many other islands. They are extremely delicate. They are extremely sensitive, and breathtakingly beautiful.

Cricket is not a new game to the Maldives. Our youth has always played the game. But of course we have not found form as much as other South Asian countries have been able to comprehend the game.

We are always striving that we be included among standard nations in South Asian cricket. And our Cricket Board, with this opening of the games in Fuvahmulah, is going to start a new leaf in attempting to promote the game in the Maldives. Fuvahmulah youth will for the very first time actually see the game played live, right in front of their eyes. It will be played by the best of the best in South Asia, which means they are the best in cricket, in the world.

I am sure we will all have a wonderful time and enjoy the game.

 

بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އެނގިވަޑައިގަންނަވާނެ، ސާކް ސަމިޓާ ގުޅިގެން، ފުވައްމުލަކުގައި އަޅުގަނޑުމެންނަށް މި ފެށޭ ކްރިކެޓް މުބާރާތަކީ، ކްރިކެޓް ފައުންޑޭޝަންގެ ފަރާތުން ނުހަނު ބުރަ މަސައްކަތް ކުރައްވައި، އަދި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއާއި، ސާކް ސަމިޓާ ގުޅޭގޮތުން އުފެއްދިފައިވާ ޓާސްކްފޯސްއާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި އަދިވެސް އެހެން ފަރާތްތަކާއެކުގައި ކިތަންމެ މަސައްކަތެއް ކުރެވިގެން ޙަޤީޤަތަކަށް ހެދޭ މުބާރާތެއް. މުބާރާތުގައި ބައިވެރި މިވަނީ، ސާކްގެ ކޮންމެ ޤައުމަކުން، އެ ޤައުމެއްގެ 25 އަހަރުން ދަށުގެ ކްރިކެޓް ޓީމް. ސާކްގެ ޤައުމުތަކަކީ، ދުނިޔޭގައި ކްރިކެޓްގައި އެންމެ ފުންނާބު އުސް ޤައުމުތައް. ސާކްގެ ޤައުމުތަކުގެ ގިނަ ޓީމްތަކަކީ، ޙަޤީޤަތުގައި 25 އަހަރުން ދަށުގެ ކުޅުންތެރިންތަކެއް ކުޅޭ ޒުވާން ޓީމްތަކެއް.

އެހެންވީމާ، އަޅުގަނޑުމެންނަށް މި ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ފެނިގެންދާނީ، ސައުތު އޭޝިޔާގެ ވަރަށް ފުރިހަމަ، ވަރަށްމޮޅު ކްރިކެޓްގެ ހުނަރުތައް. އެނގިވަޑައިގަންނަވާނެ، ކްރިކެޓަކީ ބަލާޣާތްތެރި އަދި ޙަރަކާތްތައް އެހާމެ ރީތި، ބެލުންތެރިންނަށް ހިތްހަމަޖެހުން ގެނެސްދޭ، ވަރަށް މަޑުމައިތިރި، އޮމާން ކުޅިވަރެއް. މި ކުޅިވަރު އަޅުގަނޑުމެންގެ ތެރޭގައި އާލާކުރުމަށް އެކިފަހަރުމަތިންވަނީ އެކިގޮތަށް މަސައްކަތް ކުރެވިފައި. އަޅުގަނޑު އުންމީދު ކުރަން، އަޅުގަނޑުމެންނަށް މިފަހަރު މި ފެށޭ ފެށުމަކީ، މެދުނުކެނޑި ކުރިއަށްދާނެ މަސައްކަތެއް ކަމަށް. ފުވައްމުލަކުގައި މިހާރު މިވަނީ ކްރިކެޓް ގްރައުންޑެއް ހެދިފައި. އެއީ ވިނަ ހައްދައިގެން، ވިނާގައި ކުޅޭ ކުޅިވަރެއްކަމުން އަދި ވަރަށްބޮޑު ސަރަޙައްދެއްގައި ކުޅޭ ކުޅިވަރެއްކަމުން، އެގޮތަށް އެކަން ފައްކާކުރެވި، ތައްޔާރު ކުރެވިފައި މިހާރު މުލަކުގައި އެވަނީ. އަޅުގަނޑުމެން މިދެކެނީ، މި މުބާރާތް ފެށިގެންދާއިރުގައި، ފުވައްމުލަކާއި އަދި ރާއްޖޭގެ އެންމެހާ ކަންކޮޅުތަކުގައިވާ ޒުވާނުންނަށް، މި ކުޅިވަރުގެ ރީތިކަމާއި ފުރިހަމަކަން އިތުރަށް ތަޢާރުފްވެ ފެނިގެންދާނެ ކަމަށް. އަދި ޒުވާނުންގެ ހިތްތަކުގައި، މި ކުޅިވަރަށް ޝައުޤުވެރިކަން އުފެދި، އަޅުގަނޑުމެން މި ކުޅިވަރު އިތުރަށް ކުޅެން ފަށާނެ ކަމަށް.

އަޅުގަނޑު ރާއްޖޭގެ ޓީމުގެ ކިބައިން އެދެނީ މޮޅުވުމަށް ނުކުންނެވުމަށް. އަޅުގަނޑުމެންނަކީ މި ސަރަޙައްދުގައި، މި ކުޅިވަރުގައި، އެހެން ޤައުމުތަކާ ފައިހަމަކުރެވޭވަރުގެ ޓީމެއް ނުވަތަ ތަޖުރިބާތަކެއް ނެތް ޤައުމަކަށްވެދާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންނަކީ އަބަދުވެސް ހިތްވަރުކުރާ ބައެއް. އަޅުގަނޑުމެންނަކީ އަބަދުވެސް އުނދަގޫ ކަންކަން ނޭނގި ތިއްބައި، ކުއްލިއަކަށް އައިސް ކާމިޔާބުކުރާ ބައެއްވެސްމެ. އަޅުގަނޑުމެންގެ ޖޯޝާއި، އަޅުގަނޑުމެންގެ މޮޓޯގައިވާ މާތްރަސްކަލާނގެ ކިބަފުޅުން ވާގިއެދި އަޅުގަނޑުމެން ނުކުތީމާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ކާމިޔާބުވާނެ.

އަޅުގަނޑު މިރޭ ދަންނަވާލަން އިތުރަށް ބޭނުން. ސާކް ސަމިޓްގެ މަސައްކަތްތައް މިދަނީ ވަރަށް ބާރަށް. އެމަސައްކަތްތަކަކީ ވަރަށް ގިނަގުނަ މަސައްކަތްތަކެއް. އެންމެ ތަނެއްގައި ހެދޭ އެންމެ ޢިމާރާތެއް ނޫން. އެންމެ މަގެއްވެސް ނޫން. އަދި އެންމެ ފާލަމެއް، ބަނދަރެއްވެސް ނޫން. ނުހަނު ގިނަ މަސައްކަތްތައް އެއްފަހަރާ ކުރެވެމުން މިދަނީ. އެމަސައްކަތްތައް އެކީގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް ނިންމޭނެ. ފުވައްމުލަކުގެ އެއަރޕޯޓްގެ މަސައްކަތާއި އަދި މުލަކުގައި ސާކްގެ ވެރިންގެ އަނބިއަނބިކަނބަލުންގެ ހަވީރުގެ ސައިފޮދަށް ތައްޔާރު ކުރެވޭ ޙަފްލާއާއި، ކްރިކެޓްގެ ޙަފްލާއާ، މި އެންމެހާ ކަންކަން މިއޮތީ އިންތިޒާމް ކުރެވިފައި. އަދި އިރާދަކުރެއްވިއްޔާ، ވާރޭނުވެހި އަޅުގަނޑުމެންނަށް ދުވަސްތައް ލިބޭނެ. ލިބުނީމާ، ކްރިކެޓްގެ ރީތިކަން އަޅުގަނޑުމެންނަށް ފެންނާނީ. އެހެން ނަމަވެސް، ފުވައްމުލަކުގެ ފެހި، ނަލަ ރުއްގަސްތަކުގެ ތެރެއިން އަޅުގަނޑުމެން ރާއްޖޭގައި ހަމަ އިރުވާހުދުގެ ހުދުން ހެދުން އަޅައިގެން، އަޅުގަނޑުމެން މި އެދޭ ރިވެތި ކްރިކެޓް ފެންނާނެކަމީ، އަޅުގަނޑު މިހާރު ޝައްކުކުރާ ކަމެއް ނޫން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިކަމުގައި ކާމިޔާބު ލިބުން.

والحَمْـدُ لِلّـهِ. ވަރަށް ބޮޑަށް ޝުކުރިއްޔާ!