ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ލުބުނާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނަރަރީ ކޮންސަލް، މުޙަންމަދު ފާކިޙާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ އިޤްތިޞާދާއި، އިޤްތިޞާދު ރަނގަޅު ކުރެއްވުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. މީގެއިތުރުން، ރާއްޖެއާއި ލުބުނާނާ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވެން ހުރި ދާއިރާތަކުގެ މައްޗަށް ނައިބު ރައީސް ބައްލަވާލައްވައި، މަތީ ތަޢްލީމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެއްވެންހުރި ގޮތްތަކާބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.