"މާލޭ ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް"ގެ ޑިރެކްޓަރުންގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބަދަލުގެންނަވައިފިއެވެ. މިގެންނެވި ބަދަލުގައި ބޯޑުގެ މެނެޖިންގ ޑިރެކްޓަރ ކަމުގެ މަގާމަށް ހަމަޖައްސަވާފައިވަނީ، އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ މިޒް ކެތްރިން ޖޭން ވޯޓަރސް އެވެ. އަދި ބޯޑުގެ މެންބަރެއްގެ ގޮތުގައި މައްޗަންގޮޅީ ފޮސީތިއާ މަރްޔަމް ޝެނިން ހަމަޖެއްސެވިއެވެ.

މާލޭ ހެލްތް ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް މިގެންނެވި ދެބަދަލުގެ އިތުރުން، ބޯޑުގައި މިހާރު ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ބޯޑުގެ ޗެއަރމަން މައްޗަންގޮޅީ ރަށްދެބައިގޭ ޑޮކްޓަރ ޢަބްދުލްޢަޒީޒު ޔޫސުފާއި، ގަލޮޅު މިރާން މަރްޔަމް ރަޝީދާ އާއި، ގަލޮޅު ނާރެހި މަރްޔަމް ސުޒާނާ އާއި، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 1373 އިބްރާހީމް ޒާހިރާއި، މާފަންނު ހުވަނދުގަނދަކޯޅިގޭ ޠާހާ މުޙަންމަދެވެ.