ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ މަގާމަށް ފާދިއްޕޮޅު ހިންނަވަރު ފަހަލަ އަލްއުސްތާޛު ޢަލީ ޝުޖާޢު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. ޢަލީ ޝުޖާޢު މިހާތަނަށް ހުންނެވީ، ޑެޕިއުޓީ ރެޖިސްޓްރާރ އޮފް ކޮމްޕެނީޒްގެ މަގާމުގައެވެ.

މީގެއިތުރުން މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރގެ މަގާމަށް ގަލޮޅު ޕެންޒީމާގޭ ޢާއިޝަތު ޝާން ޝާކިރު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. ޢާއިޝަތު ޝާން ޝާކިރު މިހާތަނަށް ހުންނެވީ ސަޢޫދީޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރގެ މަގާމުގައެވެ.