ސްރީލަންކާގައި މިއަދު ފާހަގަކުރަމުންދާ، އެ ޤައުމުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައަށް ތަހްނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ސްރީލަންކާގެ ރައީސަށް ފޮނުއްވި ތަހްނިޔާގެ މެސެޖްގައި، ސްރީލަންކާގައި މިއަދު ފާހަގަ ކުރަމުންދާ އެ ޤައުމުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ސްރީލަންކާ ސަރުކާރަށާއި، ރައްޔިތުންނަށާއި، ރައީސް ރާޖަޕަކްސައަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހްނިޔާ ވިދާޅުވެފައިވެއެވެ.

ސްރީލަންކާގެ ނަޞްރުގެ ދުވަހަކީ، އެ ޤައުމުގައި ހިނގި، ގިނަ ދުވަސްތަކަކަށް ދެމިގެންދިޔަ، ދާޚިލީ ހަނގުރާމައިގެ ނިމުން ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ފާހަގަ ކުރާ ދުވަހެކެވެ.