ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ ޗެއަރމަން ރާއްޖެއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގެ އިންތިޒާމުތައް ހަމަޖެހިފައިވާގޮތާ ބެހޭގޮތުން މަޖިލީހުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާއަށް މަޢްލޫމާތު އެރުވިއެވެ. އަދި މަޖިލީހުގެ ޖާގައިގެ ދަތިކަމާ ބެހޭގޮތުންނާއި، އެކަން ޙައްލުކުރެއްވުމަށް ކުރައްވާ މަސައްކަތްތަކާ ބެހޭގޮތުންވެސް މަޖިލީހުގެ ރައީސް ވާހަކަފުޅު ދެއްކެވިއެވެ.