ރައީސުލްޖުމްހޫރިއްޔާ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފައިނޭންޝަލް ކޮންޓްރޯލަރ ކަމަށް ސްޓޭޓް މިނިސްޓަރ ފެންވަރުގައި ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ގުލްފާމުގޭ އަޙްމަދު އަސްޢަދު މިއަދު ޢައްޔަން ކުރައްވައިފިއެވެ. އަޙްމަދު އަސްޢަދު މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީގެ މަގާމުގައެވެ.

މި ބަދަލު ގެންނެވުމާ ގުޅިގެން، ފައިނޭންޝަލް ކޮންޓްރޯލަރ ކަމުގެ މަގާމުގައި މިހާތަނަށް ހުންނެވި ހެންވޭރު އިރުވައި މުޙަންމަދު އަޙްމަދު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނައިބުކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރައްވައިފިއެވެ.