އެމެރިކާ ޑޮލަރުގެ އަގު ކަނޑައަޅާ ގޮތަށް ގެންނެވި ބަދަލުގެ މައްޗަށް މާދަމާގެ ރޭޑިޔޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެއެވެ. މިގޮތުން ޑޮލަރުގެ ރޭޓު ބަދަލުކުރައްވަން ޖެހިވަޑައިގެންނެވި ސަބަބުތަކުގެ މައްޗަށާއި، ޑޮލަރު އަދި ދިވެހިރުފިޔާ ހަމައަގަށް ގެންނެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާނެއެވެ.