ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް ކަމަށް މާފަންނު ސީވޯލް އަޙްމަދު މުޖުތަބާ ޢައްޔަން ކުރައްވައިފިއެވެ. އަޙްމަދު މުޖުތަބާ މިހާތަނަށް ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް، މެދު ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ މަގާމުގައެވެ.