މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ވަގުތީގޮތުން ހިންގެވުން މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމާ ރައީސުލްޖުމްހޫރިއްޔާ މިއަދު ޙަވާލުކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިހާތަނަށް ވަގުތީގޮތުން ހިންގަވަމުން ގެންދެވީ، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޑޮކްޓަރ އާމިނަތު ޖަމީލެވެ.