އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސޮލިސިޓަރ ޖެނެރަލްގެ މަގާމަށް، މިނިސްޓަރ އޮފް ސްޓޭޓް ފެންވަރުގައި، ވ. ވިލިނގިލީ ނަޖުހިޔާ އަލްއުސްތާޛު އިބްރާހީމް ރިފްޢަތު، ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރައްވައިފިއެވެ.

މީގެއިތުރުން، އެއޮފީހުގެ ޑެޕިއުޓީ ސޮލިސިޓަރ ޖެނެރަލްގެ މަގާމަށް ގަލޮޅު ސައިމާ އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރައްވައިފިއެވެ. ޢާއިޝަތު ބިޝާމް، މިމަގާމަށް ޢައްޔަން ކުރެއްވީ، މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ.