ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، 3 ވުޒާރާއެއްގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް މިއަދު ބޭފުޅުން ޢައްޔަން ކުރައްވައިފިއެވެ. މިގޮތުން ޢައްޔަން ކުރެއްވި ބޭފުޅުންނަކީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީ ކަމަށް މާފަންނު ބަނަފްސާވިލާ އިބްރާހީމް ވަޙީދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް ކަމަށް މާފަންނު ގުޑްނެސް އަޙްމަދު ޢިނާޒާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒްކަމަށް މައްޗަންގޮޅީ ދޭދަރުގޭ މުޙަންމަދު ފިރާޤެވެ.

މި 3 ބޭފުޅުންގެ ތެރެއިން އިބްރާހީމް ވަޙީދު މިހާތަނަށް ހުންނެވީ އެންސްޕާގެ ޗެއަރމަން ކަމުގެ މަގާމުގައެވެ. އަޙްމަދު ޢިނާޒް ހުންނެވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބު ކަމުގެ މަގާމުގައެވެ. އަދި މުޙަންމަދު ފިރާޤު މިހާތަނަށް ހުންނެވީ މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބު ކަމުގެ މަގާމުގައެވެ.