މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ރަޖިސްޓްރާރ ޖެނެރަލް އޮފް ޝިޕިންގގެ މަގާމަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ޖަރީމާގޭ އާދަމް ނަޞީރު، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ. އޭނާ މިހާތަނަށް ހުންނެވީ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ސްޓޭޓް މިނިސްޓަރުގެ ނައިބު ކަމުގެ މަގާމުގައެވެ.

މީގެއިތުރުން، ސަޢޫދީޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރގެ މަގާމަށް، ގަލޮޅު ޕެންޒީމާގެ ޢާއިޝަތު ޝާން ޝާކިރާއި، ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރގެ މަގާމަށް ގަލޮޅު ދަނބުކޮކާ އަޙްމަދު ޢާދިލާއި، އަދި ބްރަސަލްސްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކޮންސަލްގެ މަގާމަށް ހެންވޭރު ގްރީން، ސާރާ އެންޓޮނޭޓް މާހިރު ޢައްޔަން ކުރައްވައިފިއެވެ.

މިމަގާމުތަކަށް މި 4 ބޭފުޅުންވެސް ޢައްޔަން ކުރެއްވީ، މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ.