ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އައްޑޫސިޓީއަށާއި، ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފަށްޓަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އައްޑޫސިޓީއާއި ފުވައްމުލަކުގެ ތަރައްޤީއަށް އުފައްދަވާފައިވާ ސަރުކާރުގެ އެކި ކުންފުނިތަކުގެ ބޯޑުތަކާ ބައްދަލުކުރައްވައި، އެ ބޯޑުގެ މަސައްކަތްތަކާއި ބޯޑުތައް ހިންގުމުގައި ކުރިމަތިވެފައިވާ ދަތިތައް ބައްލަވާނެއެވެ. އަދި ސްކޫލްތަކުގެ ބޯޑުތަކާއި، އަމިއްލަ ޖަމްޢިއްޔާތަކާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެއެވެ.