އޮސްޓްރޭލިއާއަށް ވަރަށް ބޯކޮށް ވާރޭވެހި، އެކި ހިސާބުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބެމުން ދިއުމާ ގުޅިގެން، އޮސްޓްރޭލިއާގެ ބޮޑުވަޒީރު ޖޫލިއާ ގިލާޑަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމްދަރުދީ ފޮނުއްވައިފިއެވެ. 

 

އޮސްޓްރޭލިއާގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ހަމްދަރުދީގެ މެސެޖްގައި މި ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ، މި ހިތާމައިގައި ބައިވެރިވެވަޑައިގެން، ބޮޑުވަޒީރު ގިލާޑާއި، އޮސްޓްރޭލިއާ ސަރުކާރާއި، ރައްޔިތުންނަށް، އަދި ޚާއްޞަ ގޮތެއްގައި މިހާދިސާގެ ގެއްލުން ސީދާގޮތުން ލިބެމުންދާ އެ ޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.