ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ތިލަދުންމަތީ އުތުރުބުރިއާއ، ދެކުނުބުރި އަދި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ތިލަދުންމަތީ ދެކުނުބުރީ ހަތް ރަށަކަށާއި، ތިލަދުންމަތީ އުތުރުބުރީ ދިއްދުއަށާއި، އދި މާޅޮސްމަޑުލު ދެކުނުބުރީގެ ދެރަށަކަށް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ފުރަތަމަ ވަޑައިގަންނަވާނީ ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމަށެވެ.