ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެ އަތޮޅުގެ 6 ރަށަކަށް ވަޑައިގަންނަވާ ގޮތަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ ވަޑައިގަންނަވާނީ ކޮޅުމަޑުލު ކަނޑޫދޫއަށެވެ.