- ފުރަތަމަ ޞަފްޙާ
- ޕްރެސް އޮފީސް
- ޚަބަރު
ޚަބަރު
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަގާމަށް ބޭފުޅަކު ޢައްޔަން ކުރެއްވެންދެން، އެމިނިސްޓްރީގެ އެންމެ އިސްވެރިޔާގެ ގޮތުން އެމިނިސްޓްރީގެ އެންމެހާ ކަންތައްތައް ބެލެހެއްޓެވުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މުޙަންމަދު މުޢިއްޒު ޢަދުނާނާ ރައީސުލްޖުމްހޫރިއްޔާ މިއަދު ޙަވާލުކުރައްވައިފި
13 ޑިސެންބަރު 2010، ރިފަރެންސް: 2010-891
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަމީން ފައިޞަލް، އެމަގާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެން، އެމަގާމަށް ބޭފުޅަކު ޢައްޔަން ކުރެއްވެންދެން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ އެންމެ އިސްވެރިޔާގެ ގޮތުން އެމިނިސްޓްރީގެ އެންމެހާ ކަންތައްތައް ބެލެހެއްޓެވުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މުޙަންމަދު މުޢިއްޒު ޢަދުނާނާ ރައީސުލްޖުމްހޫރިއްޔާ މިއަދު ޙަވާލުކުރައްވައިފިއެވެ.