ވެށި ފަހި މާލެއާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ. މިގޮތުން މި މަޝްރޫޢު ކުރިއަށް ގެންދެވުމުގައި ގެންގުޅުއްވާނެ އުސޫލުތަކާ ބެހޭގޮތުން ވާހަކަފުޅުދެއްކެވިއެވެ. މީގެއިތުރުން، ވަޒީރުން، އެބޭފުޅުންގެ ދާއިރާގައި މިހާރު ހިނގަމުންދާ ބައެއް ކަންކަމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހަށް މަޢްލޫމާތު ދެއްވިއެވެ.

މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިވަގުތު ރަށުގައި ވަޑައިގެން ނޫޅުއްވާ ތިން ވަޒީރުން ކަމަށްވާ އަމީން ފައިޞަލާއި، ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދާއި، ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ފިޔަވައި އެހެން ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އެބޭފުޅުންގެ ތެރޭގައި މަޖިލީހަށް އަލަށް ގުޅިވަޑައިގެންނެވި މުޙަންމަދު އާދިލް ސަލީމާއި ޑޮކްޓަރ މަރިޔަމް ޒުލްފާ ހިމެނިވަޑައިގަންނަވައެވެ.