އިނގިރޭސި ވަލީ ޢަހުދު ޕްރިންސް ޗާރލްސްގެ ދަރިކަލުން ޕްރިންސް ވިލިއަމް، ކެތަރީން މިޑްލްޓަންއާ އެންގޭޖްވެވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެ ދެބޭފުޅުންނަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޕްރިންސް ވިލިއަމަށް ފޮނުއްވި މަރުޙަބާގެ މެސެޖްގައި، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ނަމުގައި، އެ ދެބޭފުޅުންނަށް މި އުފާވެރި މުނާސަބަތުގެ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.