ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ސްވިޓްޒަރލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތޯމަސް ލިޗަރ އާއި ރަޝިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވްލަޑިމިއަރ ޕީ. މިޚައިލޯފް އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ވަކިވަކިން އޮތް މިދެބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުގެ މިހާރުގެ ޙާލަތާއި، ރާއްޖެއިން މިހާރު ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން ދެބޭފުޅުންނަށް މަޢްލޫމާތު ދެއްވިއެވެ.

މީގެއިތުރުން، ރާއްޖެއާއި ސްވިޓްޒަރލޭންޑާއި އަދި ރާއްޖެއާއި ރަޝިޔާ ދެމެދުގައި އޮންނަނީ ވަރަށް ގާތް ރަޙްމަތްތެރި ގުޅުމެއް ކަމަށް ވިދާޅުވެ، މިގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާ ކަމުގައި މިދެބައްދަލުވުމުގައި މިދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.