- ފުރަތަމަ ޞަފްޙާ
- ޕްރެސް އޮފީސް
- ޚަބަރު
ޚަބަރު
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލަރގެ މަގާމަށާއި، އުތުރު ޕްރޮވިންސް އޮފީހުގެ ކައުންސިލަރގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން ޢައްޔަން ކުރައްވައިފި
29 އޮގަސްޓް 2010، ރިފަރެންސް: 2010-648
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލަރގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިމަގާމަށް ޢައްޔަން ކުރެއްވީ، ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ އާރު ފަތުޙުﷲ ޙަސަނެވެ. މީގެއިތުރުން، އުތުރު ޕްރޮވިންސް އޮފީހުގެ ކައުންސިލަރގެ މަގާމަށް މާޅޮސްމަޑުލު އުތުރުބުރީ ތުޅާދޫ މަލާޒް މުޙަންމަދު ޢުޘްމާން، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައިފިއެވެ.