ފިލިޕީންސްގެ ރައީސް ކަމުގެ މަގާމާ ބެނީނޯ އަކީނޯ 3 ވަނަ ޙަވާލުވެވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ، ބެނީނޯ އަކީނޯއަށް ފޮނުއްވި ތަހުނިޔާގެ މެސެޖްގައި، ރާއްޖެއާއި ފިލިޕީންސާ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިވެ ފިލިޕީންސްގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ތަރައްޤީ ލިބިގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.