"މޯލްޑިވްސް އެއަރޕޯޓްސް ކަމްޕެނީ ލިމިޓެޑް"ގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އިއްޔެ އަލުން އެކުލަވާލައްވައިފިއެވެ. ބޯޑުގެ ޗެއަރމަންގެ މަގާމަށް ހަމަޖެއްސެވީ، މައްޗަންގޮޅީ ބަންދުގޭ އިބްރާހީމް ސަލީމެވެ. ބޯޑުގައި އެކުންފުނީގެ މެނެޖިންގ ޑިރެކްޓަރ ހެންވޭރު ނޫމުތީ މުޙަންމަދު އިބްރާހީމާއި، ޗީފް އޮޕަރޭޓިންގ އޮފިސަރ ގަލޮޅު ނޯވާ މޫސާ ޞާލިޙު ހިމެނިވަޑައިގަންނަވައެވެ. މި ބޯޑަށް ހަމަޖެއްސެވި އެހެން ބޭފުޅުންނަކީ، ގަލޮޅު މެޑޯ ޝާޒް ވަލީދާއި، މައްޗަންގޮޅީ ބްލޫ ގްރާސް އަޙްމަދު މުރާދާއި، މައްޗަންގޮޅީ ފެހިއަލި މުޙަންމަދު ވަޙީދާއި އަދި ގަލޮޅު ތަލްވާރުގޭ އާދަމް ރަޝީދު އަޙްމަދެވެ.