"ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑު"ގެ ޑިރެކްޓަރުންގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބޭފުޅުން ހަމަޖައްސަވައިފިއެވެ. ބޯޑުގެ ޗެއަރމަންގެ މަގާމަށް ހަމަޖެއްސެވީ، ހެންވޭރު މާދިލް މުޙަންމަދު ޢާދިލް ސަލީމެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ހެންވޭރު ޑިއުޑްރޮޕް އަޙްމަދު މަނިކާއި، ހެންވޭރު ސުނާރު އާމިނަތު ޢަބްދުﷲއާއި، މާފަންނު ބީޗްސްލޯޕް އިސްމާޢީލް އާދަމާއި، އައްޑުއަތޮޅު ހުޅުދޫ ކުއްޅަވައްގޭ މުޙަންމަދު ދީދީއާއި، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ އިރުމަތީއާގޭ ސަމީރު އަޙްމަދާއި، މާފަންނު ނެދުންގޭ އަޙްމަދު ލަޠީފެވެ.