ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމާ ގުޅޭގޮތުން މަޢްލޫމާތު ދެއްވުމަށް މާދަމާރޭ ދަރުބާރުގޭގައި ބޭއްވެވުމަށް ހަމަޖެއްސެވި ޚާއްޞަ ޖަލްސާ ފަސްކުރައްވައިފިއެވެ. މި ޖަލްސާ ފަސްކުރެއްވީ، ޑޮކްޓަރ ޒާކިރު ނައިކުގެ އަނބިކަނބަލުން ބާއްވަވާ ދީނީ ދަރުސު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މާދަމާރެއަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ ކަމަށް އަހަންމިއްޔަތުކަން ދެއްވުމުގެ ގޮތުންނެވެ.