މެލޭޝިޔާގައި ކިޔަވަން ތިބި ދިވެހި ކުދިންނާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ. މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި އޮތް މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެކުދިންނާ ބައްދަލުކޮށްލެއްވުމަކީ އެމަނިކުފާނަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އެކުދިންނަށް ލިބިފައިމިވާ ފުރުސަތުގެ ބޭނުން ފުރިހަމައަށް ހިފުމަށް އިލްތިމާސް ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، އެ ކުދިންގެ ހާލު އައްސަވައި ކިޔެވުމުގެ ކަންތައްތައް ކުރިއަށްދާގޮތާ ބެހޭގޮތުން ސުވާލު ކުރައްވައި ދިމާވާ ދަތިތަކަކީ ކޮބައިތޯ ރައީސުލްޖުމްހޫރިއްޔާ ބެއްލެވިއެވެ.