ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ދެއްވާ ސަބްސިޑީގެ މަސައްކަތަށް އެހީތެރިވެދެއްވުމަށާއި، އަދި ހަލުވިކަމާއެކު އެ މަސައްކަތް ކުރިއަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ޓާސްކް ފޯހެއް އުފައްދަވައިފިއެވެ. މި ޓާސްކް ފޯސްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން މިދަންނަވަނީއެވެ.

1. މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބު މުޙަންމަދު ފިރާޤު
2. މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓެރީ ޑޮކްޓަރ ޙުސައިން ނިޔާޒު
3. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓެރީ ޝުޢައިބު ޢަލީ
4. ސްޓޭޓް އިލްކެޓްރިކް ކަމްޕެނީ ލިމިޓެޑްގެ ޗެއަރމަން ޙަސަން ޒާހިރު
5. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު އާދަމް ޢަބްދުލްޣަފޫރު
6. ރ. ކަނދޮޅުދޫ ފިނިފެންމާގޭ ޢަލީ ވަޙީދު
7. ގ. ޒަމާނީގުލްޝަން މުޙަންމަދު ޢަބްދުﷲ