ތިންރަށެއްގެ ކައުންސިލަރގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ތިންބޭފުޅުން ޢައްޔަން ކުރައްވައިފިއެވެ. މިގޮތުން ޢައްޔަން ކުރެއްވި ތިންބޭފުޅުންނަކީ، ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލަރުކަމުގެ މަގާމަށް، ވަށަފަރު ހެޕީނައިޓް މުޙަންމަދު އަޒްލީނާއި، ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލަރުކަމުގެ މަގާމަށް، ތަކަންދޫ ސޯސަންވިލާ މުޙަންމަދު ޞާދިޤާއި، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލަރުކަމުގެ މަގާމަށް، މަނަދޫ އަސުރުމާގޭ ޢަލީ ރަޝީދެވެ.