ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކުރައްވާފައިވާ ދެ ބިލު ތަޞްދީޤު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޚިޔާލުފުޅު ގެންގުޅުއްވާ ގޮތް، މާދަމާގެ ރޭޑިޔޯ ޚިޠާބުގައި އެމަނިކުފާނު ހާމަކުރައްވާނެއެވެ. އަދި ބިލްތައް ފުރިހަމަ ކުރެއްވުމަށްޓަކައި ކުރައްވަން ޖެހިވަޑައިގަންނަވާ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި އެކަންކަމުގެ މައްޗަށްވެސް އެމަނިކުފާނު ބައްލަވާލައްވާނެއެވެ. އަދި ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށް ކުރައްވާ މަސައްކަތްޕުޅުތަކާބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބު، ދިވެހިރާއްޖޭގެ އަޑުން ފޮނުއްވާނީ، މާދަމާ ހެނދުނު 10 ޖަހާއިރުއެވެ.