ދެރަށެއްގެ ކައުންސިލަރގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ދެބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިގޮތުން ޢައްޔަން ކުރެއްވި ދެބޭފުޅުންނަކީ، މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލަރގެ މަގާމަށް ވާދޫ ނޫވިލާގެ ޢަލީ ނަސީމާއި، މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލަރގެ މަގާމަށް އިންނަމާދޫ ފިނިވާގޭ އިބްރާހީމް ޙަލީމެވެ.