ސަދަން ޔުޓިލިޓީޒް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ބަދަލުގެންނަވައިފިއެވެ. މިބަދަލާ ގުޅިގެން ބޯޑުގައި މިހާރު ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، އައްޑުއަތޮޅު ހުޅުދޫ ބްލޫސްކައި އަޙްމަދު ޒަރީރާއި، ފުވައްމުލައް ހިމާލިޔާ އަޙްމަދު މުޙަންމަދާއި، އައްޑުއަތޮޅު މަރަދޫ ރިޔާ އަޙްމަދު އަސީފާއި، ފުވައްމުލައް ގަންޖާމިގޭ ޢަބްދުﷲ މިއާދާއި، އައްޑުއަތޮޅު ހިތަދޫ ޒަމާނީގޭ ޙުސައިން ޝާހިދާއި، އައްޑުއަތޮޅު ހިތަދޫ ވާރޭވިލާ ޙަސަން މުޙަންމަދާއި، އައްޑުއަތޮޅު ފޭދޫ ޗަނބޭލީގޭ ފަޠުހުﷲ ޞާލިޙެވެ.