ކުރިއަށް އޮތް ފަސްއަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ގްރޮސް އެންރޯލްމަންޓް ރޭޝިއޯ 40 އިންސައްތައަށް ގެންދެވުމަށްޓަކައި ސަރުކާރުން ޚާއްޞަ ފިޔަވަޅުތަކެއް އަޅުއްވަން ޤަޞްދު ކުރައްވާފައިވުމާއެކު، އެފިޔަވަޅުތައް މާދަމާގެ ރޭޑިޔޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހާމަކުރައްވާނެއެވެ. އަދި ގްރޮސް އެންރޯލްމަންޓް ރޭޝިއޯ މަތިކުރެއްވުމަށްޓަކައި އެންމެ ފުރަތަމަ މަސައްކަތްތައް އަމާޒު ކުރައްވާ ދާއިރާތައް އެމަނިކުފާނު ހާމަކުރައްވާނެއެވެ. މީގެއިތުރުން، ތަރައްޤީވެފައިވާ ޤައުމުތަކުގައި، އެޤައުމުތަކުގެ ރައްޔިތުން މަތީ ތަޢްލީމުގައި ބައިވެރިވާ މިންވަރުގެ މައްޗަށާއި، ރާއްޖޭގައި އެކަން އޮތް ގޮތުގެ މައްޗަށްވެސް އެމަނިކުފާނު ބައްލަވައިލައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބު، ދިވެހިރާއްޖޭގެ އަޑުން ފޮނުއްވާނީ، މާދަމާ ހެނދުނު 10 ޖަހާއިރުއެވެ.